
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުން އައުޒަމްގައި ހުކުރު ކުރައްވާނީ އަލްއުސްތާޒު މުހައްމަދު ފިރްޒުލް އަބްދުﷲ ހަލީލު ކަމަށެވެ.ފިރުޒުލް މީގެ ކުރިންވެސް ގަވާއިދުން މާލޭގެ އެކި މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރެއެވެ. މިއަދުގެ ހުކުތު ހުތުބާގެ މައުޟޫއަކީ އިންސާނާގެ ޙަޔާތުގައި ޞައްޙަ ޢަޤީދާގެ މުހިއްމުކަމެވެ.އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމު އަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤައުމީ އިސްލާމީ ޚިދުމަތުގެ އިސް ސަފުން ޒުވާނުން ފެންނަންވާނެ ކަމަށެވެ.