
"ކުޑަކުދިންނަށް އަޅައިލުމާއި އޯގާތެރިވުން" މި މައުލޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެއް ކަމަށެވެ. މިކަމަށްޓަކާ އިސްލާމްދީނުގައި ކުޑަކުދިންނަށްޓަކާ ގިނަގުނަ ހައްގުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު އެއް ހައްގަކީ ހެޔޮލަފާ އާއިލާއެއްގެ ތެރެއަށް ކުއްހާ އުފަންވެ، ރަނގަޅު ތަރުބިއްޔަތެއް ލިބިދިނުމުގެ ހައްގެވެ.ޚުތުބާގައި ވަނީ ޔަތީމު ކުދިންނަށް އެހީތެރިވުމަށް ވެސް އިލްތިމާސްކޮށްފައެވެ. އެގޮތުން އެއީ އިސްލާމް ދީން ނުހަނު ބާރު އަޅުއްވާ ކަމެއް ކަމަށާއި މަތިވެރި ސަވާބާއި ދަރުމަ ހުރިކަމެއް ކަމުގައި ޚުތުބާގައި ބުންޏެވެ."އަހަރެމެންގެ މުޖުތަމައުން ކުޑަކުދީންނަށް ގޯނާކޮށް، އެ ކުދިންނަށް ލިބެންޖެހޭ ހައްގުތަކަށް ހުރަސްއަޅާ ބަޔަކު މަދުން ނަމަވެސް ފެނޭ،" ޚުތުބާގައި ބުންޏެވެ.ހަމައެހެންމެ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން އެކަކު އަނެކަކަށް ދަރި ނުދައްކާ ގެންގުޅުމަކީ ކުއްޖާއަށް ނޭދެވޭ ގިނަ އަަސަރުތަކެއް ކުރާނެ ކަމެއް ކަން ހުތުބާގައި ފާހަގަކުރި އެވެ."ކުޑަކުދިންގެ ކިބައިން މާތް ﷲ ވަނީ ތަކްލީފުގެ ބުރަ އުފުއްލަވާފަ އެވެ. އެކުދިންގެ ކުށްތަކަށް ވަނީ މާފު ދެއްވާފަ އެވެ. ވީމާ، ތިޔަބައިމީހުން ވެސް އެކުދިންނަށް އޯގާތެރިވެ މާފުކުރާށެވެ،" ހުތުބާގައި ބުނެފައިވެ އެވެ.