ދީން
އަދުލުވެރި ވެރިނަށް ގިޔާމަތް ދުވަހުން ހިޔާވަހިކަން ލިބޭނެ: ހުކުރު ހުތުބާ
ގިޔާމަތް ދުވަހުން ހިޔާވަހިކަން ލިބޭ އެއްބަޔަކީ އަދުލުވެރި ވެރިން ކަމަށާއި ވެރި މީހާއަކީ ރައްޔިތުންނަށް ރަނގަޅު މީހަކަށް ވާންވާނެކަމަށް ހުތުބާގައި ގޮވާލައިފި އެވެ.

ހުތުބާގައި ބުނެފައިވާގޮތުގައި ގިޔާމަތް ދުވަހުން އެންމެ ފައިދާ ބޮޑު އެއް ގިންތިއަކީ އަދުލުވެރިޔާ އެވެ. އެގޮތުން ވެރިމީހާ ރަނގަޅުވެ ހިންގުންތެރިވެއްޖެނަމަ ރައްޔިތުންވެސް ރަނގަޅުވާނެ ކަމަށާއި ގައުމު ތަރައްގީވެ ފާގަތިކަން އާއްމުވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

އަޅުކަމުގެ މަތީގައި ބޮޑުވި ޒުވާނާއަށް އަރުޝީގެ ހިޔާވަހިކަން ލިބެނީ އޭނާގެ ފުރާވަރުގެ އުމުރުގައި ހަވާ ނަފުސުގެ ގޮވުންތަކަށް އިޖާބަ ނުދީ ﷲ ގެ އަމުރުފުޅުތަކާއި ނަހީތަކަށް އިޖާބަދިން ޒުވާނާއަކީ ﷲ އަށް ތެދުވެރި ޒުވާނަކަށް ވާތީ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

"އިލްމުވެރިން ވިދާޅުވާ ގޮތުގައި، މިސްކީނުންނަށާއި، ފަގީރުންނަށް އަޅައިނުލާ މުޖުތަމައެއްގައި، ފާޅުކޮށް ސަދަގާތް ކުރުމަކީ މީހުންނަށް އެކަމަށް ހިތްވަރުދިމައްޓަކައި ކުރަން އެދެވިގެންވާ ކަމެކެވެ. މިއާ ހިލާފަށް ފަގީރުންނާ މިސްކީނުންނަށް ހެޔޮ ފޯރުވާ މުޖުތަމައެއްގައި، ރަނގަޅު ގޮތަކީ ސަދަގާތް ވަންހަނާ ކުރުމެވެ،" ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ވެސް ހުތުބާގައި ވަނީ މަހުޝަރުގެ ބިރުވެރިކަން ހާމަކޮށް، އެ ދުވަހު އިރު ހުންނާނީ މީސްތަކުންގެ ބޯތަކާ ވަރަށް ކައިރީގައި ކަމަށް ވެސް ބުނެފައެވެ. އަދި، އެ ދުވަހު ހަމައެކަނި ލިބޭނެ ހިޔާއަކީ އަރުޝީގެ ހިޔާކަން ވެސް ޚުތުބާގައި ފާހަގަ ކޮށްފައިވެ އެވެ.

މީގެއިތުރުން ރީތި، މުއްސަނދި، މަތިވެރި، ހަސަބާއި ނަސަބުން މޮޅު އަންހެނަކު ފާހިޝް ކަމަކަށް ދައުވަތް ދިނުމުން އަހަރެން ﷲގެ އަޒާބަށް ބިރުވެތިވަމޭ ބުނެ އެ ދައުވަތާއި ދުރުހެލިވާ މީހާއަކީ ޤިޔާމަތްދުވަހުން އިރުގެ ގަދަ އަވިން ސަލާމަތް ކުރެވޭނެ މީހެއްކަން ހުތުބާގައި ބުނެފައި ވެއެވެ.

ގިޔާމަތް ދުވަހަކީ ބިރުވެރިކަން ބޮޑު ދުވަހެކެވެ. އެދުވަހު އިރު ހުންނާނީ މީސްތަކުންގެ ބޯތަކާއި ނުހަނު ކައިރީގައި ކަމަށް ކީރިތި ރަސޫލާ ވަނީ ހަދީސް ކުރައްވާފައެވެ. އެހެންކަމުން އިރުގެ ގަދަ އަވީން ހިޔާވަހި ކަމެއް ލިބޭނެ މަގުތަކެއް ރަސޫލާ ވަނީ ދައްކަވާފައެވެ.

މިއަދުގެ ހުތުބާގައި ވދާޅުވެފައ ވަނ ޤިޔާމަތް ދުވަހުން ﷲ ގެ އަރުޝީގެ ހިޔާވަހިކަން ބޭނުންފުޅުވާ ނަމަ އެންމެ ފުރަތަމަވެސް އަތްމަތި ދަތި މީހާއަށް އޭނާގެ ދަރަނި އަދާކުރުމުގައި ލުއިކޮށްދޭށެވެ. އެހެނީ ދަރަނި ދައްކަން ނުކުޅެދިފައިވާ މީހާއަށް މުހުލަތެއްދީ ނުވަތަ ދަރަނީން މިންވަރެއް އުނިކޮށްދިނުމުންވެސް ފުދެއެވެ. ދަރަނިވެރިޔާއަށް ލުއިކޮށްދޭ މީހާއަށް ޤިޔާމަތް ދުވަހުން އިރުގެ ގަދަހޫނުން ސަލާމަތްވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު