ދުނިޔެ
ރެޑްސީ ލޭގެ ކަނޑަކަށް ބަދަލުކުރަން އުޅޭކަމަށް އެރްދޮޣާން ތުހުމަތުކޮށްފި
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން
ރަތް ކަނޑު ލޭގެ ކަނޑަކަށް ބަދަލުކުރަން އުޅޭކަމުގެ ތުހުމަތު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރްދޮޣާން ކޮށްފި އެވެ.

ނޭޓޯގެ މެމްބަރު ތުރުކީން މިތުހުމަތުކުރީ ހޫތީންނާ ދެކޮޅަށް އެމެރިކާއާ އިނގިރޭސިވިލާތް އިސްވެ އޮވެ މިހާރު ޔަމަނަށް ދޭ ހަމަލާތަކާއި ގުޅިގެން ނެވެ.

ނަމަވެސް އެރްދޮޣާންގެ މިތުހުމަތުތަކާއި ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް ބުނީ ޔަމަނަށް ދެމުންދާ ހަމަލާތަކަކީ އަމިއްލަ ދިފާއުގައި ދެމުންދާ ހަމަލާތަކެއް ކަމަށެވެ.

މިވަގުތާ ހަމަޔަށް ހުޅަނގުގެ 10 ގައުމެއް ގުޅިގެން ދެމުންދާ ހަމަލާތަކުގައި ޔަމަންގެ 16 ތަނަކަށް ވަނީ ހަމަލާ އަމާޒުވެފައިވެ އެވެ.

މިހާތަނަށް 5 މީހުން މަރުވެފައިވާއިރު މިހަމަލާތައް އިތުރަށް ފުޅާވެދާނެކަމުގެ ބިރު އޮތުމުން، ޔަމަނަށް ހަމަލާދިނުން ހުއްޓާލުމަށް ސައުދީން ވަނީ ގޮވާލާފަ އެވެ.

މެދުއިރުމަތިން ސާފުނުކުރާ ތެލުގެ 13 އިންސައްތަ އެއްގައުމުން އަނެއް ގައުމަށް ގެންދަނީ ރަތްކަނޑުން ކަމުގައިވާއިރު މިހަމަލާތަކުގެ ސަބަބުން ގަތަރުން އެކްސްޕޯޓްކުރާ ތެލުގެ ސަޕްލައި މަޑުޖެހިއްޖެނަމަ އިނގިރޭސިވިލާތުގެ އިންފްލޭޝަން މައްޗަށް ގޮސްދާނެކަމަށް ދިރާސާކުރާ މީހުން ބުނެ އެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ މިއަދުވެސް 4 ޕަސަންޓަށް ތެލުގެ އަގު ދުނިޠޭގެ ބާޒާރުގައި ވަނީ އުފުލިފައި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު