ޚަބަރު
ރައީސް، ޗައިނާގެ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރަށް ޒިޔާރަތްކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުޢިއްޒު، ޗައިނާގެ ބެއިޖިންގގައި ހުންނަ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރު (އެން.އެސް.އެމް.ސީ) އަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެން.އެސް.އެމް.ސީ އަށް ޒިޔާރަތްކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް އެތަނުގެ ފަރާތުން ހޫނު މަރުހަބާއެއް ދެންނެވިއެވެ. އަދި އެ ސެންޓަރުގެ މުހިންމު މަސައްކަތްތަކާއި، ޚާއްޞަ ކާމިޔާބީތައް ހިމެނޭ ވިޑިއޯ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. 

މީގެ އިތުރުން ޗައިނާގެ ނޭޝަނަލް ސެޓެލައިޓް މީޓިއޮރޮލޮޖިކަލް ސެންޓަރާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން އެސެންޓަރުގެ އިސްވެރިން ފާޅުކުރެއްވިއެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު