
"އީމާންކަން ހަރުދަނާކުރުން" މި މައުލޫއަށް ހާއްސަކޮށް މިއަދު ދިން ހުތުބާގައި ބުނީ، އިންސާނާގެ ހަގީގީ ކާމިޔާބީއާއި ބާއްޖަވެރިކަންވަނީ، މާތް ﷲ އަށް ފުރިހަމަ މާނައިގައި އީމާންވުމުން ކަމަށެވެ.މި އީމާންކަމަކީ އިސްކާމް ދީނުގެ އަސާސެވެ. އަދި ހަގީގީ މާނައިގައި މާތް ﷲ އަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުއޫރުތަކާއި ބާއްޖަވެރިކަމުގެ އިހްސާސްތައް އުފައްދާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.ގައުމުގެ ކުރިމަގަކީ ޒުވާނުން ކަމަށްވާއިރު އެ ޒުވާނުން ބޮޑެތި ކުށްތަކަށް އަރައިގަނެ މަގު ފުރެދިގެންގޮސްފައިވާ ކަން ފާހަގަ ކުރައްވަމުން ހުތުބާގައި ވިދާޅުވެފައިވަނީ އެފަދަ ޒުވާނުންނަށް ތެދުމަގު ލިބި އިސްލާހުވެ ފައިދާހުރި މުވާތިނުންތަކަށް ވުމީ މިއަދު މުޅި ދިވެހި އުއްމަތް އެދޭ ކަމެއް ކަމަށެވެ."ތައުލީމީ ފޮތްތަކުގައި އަގީދާއާއި އީމާންކަމުގެ ބައިތަކާއި ވާހަކަތައް އިތުރުކޮށް މުދައްރިސުންނާއި އުގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވެފައިވާ މީހުންނަށް ވާންޖެހޭ." ހުތުބާގައި ބުންޏެވެ. ޅަދަރިންނާއި ޒުވާނުންގެ އިތުރުން ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާގެ ދަށުގައިވާ މީހުންގެ އީމާންކަން ހަރުދަނާކުރެވޭނެ ގޮތްތަކެއް ރާވައި އެގޮތަކަށް އަމަލުކުރަންޖެހޭކަމަށް ހުތުބާގައި ބުންޏެވެ.ކުދިން ތަރުބިއްޔަތުކުރާއިރު ހަރުދަނާ އަގީދާއެއްގެ މަތީގައި އެކުދިން ބަލާ ބޮޑުކުރުމަށް ހުތުބާގައިވަނީ ނަސޭހަތްތެރިވެފަ އެވެ.ކީރިތި ޤުރުއާން:ކީރިތި ޤުރުއާނަކީ ޖިބްރީލްގެފާނު މެދުވެރިކޮށް، މުޙައްމަދުގެފާނަށް މާތްﷲ ބާއްވައިލެއްވި ފޮތެވެ. އާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައި، އަބަދަށް ދެމިއޮންނިވި، ތެދުމަގު ދައްކައިދޭ މިފޮތް ބާވައިލައްވާފައިވަނީ 23 އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ.
ކީރިތި ޤުރުއާން ރަސޫލާއަށް ވަޙީ ބާއްވައިލެވުމުން ރަސޫލާ ގެންދެވީ، އަޞްޙާބު ބޭކަލުންނަށް އެ ދަސްކޮށްދެއްވަމުންނެވެ. ގިނަ ސަޙާބީން ވަނީ ވަގުތުން ވަގުތަށް ޤުރުއާން ހިތުދަސް ކުރައްވާފައެވެ. ކީރިތި ޤުރުއާންގައި އެކުލެވިގެންވަނީ މުޅިއެކު 114 ސޫރަތެވެ. އެކިސޫރަތްތަކުގެ ދިގުމިންއެކިމިނެވެ. ކައުޘަރު ސޫރަތުގައި 3 އާޔަތް ހިމެނޭއިރު ބަޤަރާ ސޫރަތުގައި 286 އާޔަތް ހިމެނެއެވެ. ޤުރުއާން ބާއްވައިލެއްވުނުއިރު ސޫރަތްތައް ބާއްވައިލެއްވުނީ، މިހާރު އަޅުގަނޑުމެންނަށް މިފެންނަން ހުރިގޮތަކަށް ނޫނެވެ. ބާއްވައިލެއްވުނީ އެކި ސޫރަތްތަށް އެކި ވަގުތު، އެއްސޫރަތެއްގެ އާޔަތްތައްވެސް އެކިފަހަރު ފަހަރުއެވެ. ނަމަވެސް ފަހުން ކީރިތި ރަސޫލާ، ﷲގެ އަމުރުފުޅާއި އެއްގޮތަށް، އާޔަތްތަކާއި ސޫރަތްތައް ތަރުތީބު ކުރެއްވީ އެވެ.
ޝައްކެއް ނެތެވެ. މާތް ނަބިއްޔާގެ ބަސްފުޅުތަކުން އެނގޭގޮތުގައި، ކީރިތި ގުރުއާނުން އެންމެ އަކުރެއް ކިޔަވައިފި މީހަކަށް ވެސް ހެޔޮކަމެއް ވެއެވެ. އަދި ކޮންމެ ހެޔޮކަމަކަށް ދަރުމަދެއްވަނީ ދިހަގުނައަށްކަމަށް މާތް ނަބިއްޔާ ހަދީސް ކުރައްވާފައި ވެއެވެ. ނަމަވެސް ކީރިތި ގުރުއާނުގެ އަކުރެއް ކިޔަވައިގެން ސަވާބު ލިބޭނީ އެއަކުރަށް ދޭންޖެހޭ ހައްގު އަދާކޮށްގެން ކިޔެވުމުންނެވެ.ކީރިތި މާތް ނަބިއްޔާ އަމަލުފުޅުކުރެއްވި ގޮތުގައި ރިވެތި ނަމޫނާ ވެއެވެ. މާތް ނަބިއްޔާ ކޮންމެ ރޯދަ މަހެއްގައި އެއްފަހަރު ގުރުއާން ހަތިމްކުރައްވާކަމުގައި ވިއެވެ. އަދި ސުވަރުގެވަޑައިގެންނެވި އަހަރު ރޯދަ މަހުގައި ދެ ފަހަރަށް ގުރުއާން ހަތިމްކުރެއްވި ކަމުގައި ވެއެވެ.ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވަނީ:
إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ
މާނައަކީ: ”ހަމަކަށަވަރުން ޤުރުއާން ބާއްވައިލެއްވީ ތިމަން ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ.”