ޚަބަރު
މާލޭ ބިންވެރިންގެ މައްސަލަތަކަށް ރައީސް މުއިއްޒުގެ ޖަވާބެއް މިރޭ..!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މެސެޖަކާއެކު، މާލޭ ބިންވެރިންގެ ސައްލާ މިރޭ ސަލްޓަން ޕާކުގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހަތަރު ޖަމިއްޔާއެއް ގުޅިގެން ބާއްވާ އެ ސައްލާ އޮންނާނީ މިރޭ 8:00 ގައި ސަލްޓަންޕާކުގަ އެވެ.

މާލެ ސަރަހައްދުން ގޯތި ލިބިފައިވާ މީހުން ތަމްސީލު ކުރާ ޖަމިއްޔާތަކަކާ ރައީސް މުއިއްޒު ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެއީ ގިރާވަރު މާލެ ސިޓިޒެންސް އެސޯސިއޭޝަން އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން އާއި މާލޭ ރަށްވެހިންގެ ޖަމިއްޔާ އަދި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އެވެ.

ރައީސްއާ ބައްދަލުކުރެއްވީ ހަތަރު ޖަމިއްޔާގެ ފަރާތުން ކަނޑައެޅުއްވި މަންދޫބު ސުނާދު ލަތީފެވެ.

މާލެ ރައްޔިތުންގެ ގޯތިތަކާ ގުޅޭގޮތުން ރައީސް ޑރ. މުއިއްޒު ދެއްވި މެސެޖު މިރޭ އޮންނަ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށް ސުނާދު ވިދާޅުވި އެވެ.

"ތެދު ނޫން ވަަރަށް ގިނަ މައުލޫމާތުތަކުގެ ހަގީގަތް އެނގިއްޖެ.". އޭނާ ބުނެފައި ވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ރަޖިސްޓަރީ އަދި ބައެއް މީހުންނަށް ބިންތައް ވެސް އޭރު ހަވާލު ކުރި އެވެ.

މެދުކެނޑުމަކަށް ފަހު މި މަހު އަނެއްކާ ވެސް ވަނީ ރަޖިސްޓަރީ ދޫކުރަން ފަށައިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު