
މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފުން ބުނީ އެ ގެއިން ދުން އަރާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު މެންދުރު 14:14 ހާއިރު ކަމަށެވެ.އެ ހާދިސާގައި ރޯވެފައިވަނީ ޕަރުވާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެެއްގައި ހަރުކޮށްފައިހުރި އޭސީ އިންޑޯ ޔުނިޓެއްގައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.މި ގޭގައި މީގެ ކުރީން ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެނގިފައިވާ ގޮތުގައި އެ ގޭގައި މިހާރު އުޅެނީ ބިދޭސީންނެވެ.