ޚަބަރު
މިދިޔަ މަހު އުފަންވި 205 ކުއްޖަކަށް އެސްޓީއޯގެ ހަދިޔާ
މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފަންވި 205 ކުއްޖަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ގިފްޓު ޕެކްތައް ހަދިޔާކޮށްފި އެވެ.

އެސްޓީއޯ އިން "ފަޚުރުވެރި އާއިލާ"ގެ ނަމުގައި ހަދިޔާކުރާ މި ގިފްޓު ޕެކްތަކުގައި އަލަށް އުފަންވާ ދަރިފުޅުގެ އިތުރުން މައިމީހާ އަށް ބޭނުންވާ ސާމާނު ހުންނާނެ އެވެ.

މިދިޔަ މަހު މި ގިފްޓު ޕެކްތައް 8 ހޮސްޕިޓަލެއްގައި އުފަންވި ކުދިންނަށް ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ކުޅުދުއްފުށީ ހޮސްޕިޓަލް، އުނގޫފާރު ހޮސްޕިޓަލް، ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް، ފުވައްމުލަކު ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ.


މިދިޔަ މަހު އުފަންވި ކުދިންނަށް ބަލާއިރު، ގިފްޓް ޕެކް އެންމެ ގިނައިން ދީފައިވަނީ އަންހެން ކުދިންނަށެވެ. އެގޮތުން 109 އަންހެން ކުއްޖަކަށް ގިފްޓް ޕެކް ދީފައިވާއިރު، 96 ފިރިހެން ކުއްޖަކަށް ގިފްޓް ޕެކް ވަނީ ދީފަ އެވެ.

މީގެ އިތުރުން މި ގިފްޓު ޕެކުގައި މައިންބަފައިންނަށް ޚާއްސަ އަތްމަތީ ފޮތެއްވެސް ހިމަނާފައިވެއެވެ. އެގޮތުން މި ފޮތުގެ ބޭނުމަކީ ދަރިން ބެލުމުގައި ދިމާވާ އާންމު މައްސަލަތަކާއި، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި އެނޫންވެސް ކަންކަމަށް އެހީތެރިވުމަށް ތައްޔާރުކޮށްފައިވާ ފޮތެކެވެ. މި ފޮތަށް ރާއްޖޭގެ ސިއްހީ މާހިރުން ވެސް ތައުރީފު ކުރައްވާފައިވެއެވެ. 

އެސްޓީއޯގެ އަމާޒަކީ މި ކެމްޕޭން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލަކަށް ފުޅާކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު