ޚަބަރު
ގޯތިދޫކުރުމުގެ ހުރިހާކަމެއް ހުއްޓުމެއްނެތި ކުރިއަށްދާނެ: ރައީސް
ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކައިގެން ދޭ ގޯތިތަކުގެ ތެރެއިން މިހާތަނަށް ނުހިއްކާ ހުރި ބިންތަކުން ގޯތި ލިބޭ މީހުންނަށް، އެ ތަން ހިއްކާ ނިމުމުން ރަޖިސްޓްރީ ލިބޭނެކަން ޔަގީންކޮށްދިނުމުގެ ގޮތުން ލިޔުމެއް ދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް މާލޭ ބިންވެރިންގެ ޖަމިއްޔާތަކުން ބުނެފި އެވެ.

ރައީސް މުއިއްޒު އެކަން އެގޮތަށް ނިންމާފައިވާކަން ހާމަކުރައްވާފައިވަނީ "މާލެ ބިންވެރިންގެ ސައްލާ" ނަމުގައި ރޭ ސަލްޓަން ޕާކްގައި ބޭއްވި ބައްދަލުވުމުގައި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ހުޅުމާލޭ ރައްޔިތުންގެ ކޮމިޓީ އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަނުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފުއެވެ.

އެބައްދަލުވުމުގައި ރައީސް އާއި އެކީ ބޭއްވި ބައްދަލުވުމުގައި ދެކެވުނު ވާހަކައިގެ ތަފްސީލު ހިއްސާ ކުރައްވަމުން ސުނާދު ވިދާޅުވީ، ރަޖިސްޓްރީ އާއި ބިން ދޫކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދެވޭނެ ގޮތެއް ބައްލަވައި އެގޮތަކަށް މަސައްކަތްތައް ރާވާ، ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ނިމިދިޔަ ސަރުކާރުން ބައެއް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައި ވިޔަސް، ނުހިއްކާ އޮތް ބިންތަކުގެ ރެޖިސްޓްރީ ދޫކޮށްފައިވާތީ އެ ރަޖިސްޓްރީން ޕްލޭނިން މިނިސްޓްރީން ހަދާފައިވަނީ ގާނޫނާ އެއްގޮތަށްކަމާ މެދު މިނިސްޓްރީން ވަނީ ސުވާލު އުފުއްދައިފަ އެވެ. އެކަމާ ހެދި، ރެޖިސްޓްރީ ދޫކުރުން ވެސް އޮތީ ހުއްޓާލައިފަ އެވެ.

ސުނާދު ވިދާޅުވީ، ބިން ލިބޭނެ ކަމަށް ގެޒެޓުގައިވާ މީހުންގެ އެ ހައްގު ލިބޭނެ ކަމަށާއި އެހެން ތަނަކަށް ބިން ބަދަލުނުކުރާނެ ކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވި ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު