ދީން
މުސްލިމުން ރުޅި އިސްކޮށްގެން ނުވާނެ: ހުތުބާ
މުސްލިމުން ރުޅި އިސްކޮށްގެން ނުވާނެ ކަމަށާއި މިއަދު އިންސާނާ ކުރާ އަމަލުތަކަށް ގިޔާމަތް ދުވަހު ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

ހުކުރު ޚުތުބާގައި ވިދާޅުވީ ރުޅި މަޑުކުރުން އެހާ މުހިއްމު ކަމަކަށް ނުވާނަމަ، އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީސްކަމަށެވެ. ރުޅިމަޑުކަމަކީ، މާތް ﷲ ލޯބިވެ ވޮޑިގަންނަވާ އަދި އެކަލާނގެ ރަސޫލާ ލޯބިފުޅުވާ ސިފައެއްކަމަށް ބުންޏެވެ. 

ކީރިތި ރަސޫލާ ބަޔާންކޮށް ދެއްވާފައިވާ ގޮތުގައި، ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް ކަމަށާއި، އެހެންކަމުން ކީރިތި ރަސޫލާ އެކަލޭގެފާނުގެ ޞަޙާބީންނަށްވެސް ކޯފާ އިސް ނުކުރެއްވުމަށް ވަޞިއްޔަތް ކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. 

ޚުތުބާގައި ވިދާޅުވީ މިއަދު އަހަރެމެންގެ ތެރެއިން، ރުޅި މަޑުކަމުގެ ރީތި ނަމޫނާތަކެއް ނުފެނެއެވެ. ފެންނަނީ ބަދަލުހިފުމުގެ ރޫޙު ކަމަށް ހުތުބާގައި ބުންޏެވެ. 

ރުޅި އަންނަ ހިނދު އެމީހާގެ ނަފްސު ކޮންޓްރޯލް ކުރާ މީހާއަކީ އެންމެ ވަރުގަދަ މީހާ ކަމަށާއި ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެއް ކަމުގައި ކީރިތި ރަސޫލާ ވަނީ ހަދީސްކުރައްވާފައެވެ. އެހެންކަމުން ކޯފާ އިސްނުކުރެއްވުމަށް އެކަލޭގެފާނުގެ ޞަހާބީންނަށް ވަނީ ވަޞިއްޔަތް ކުރައްވާފަ އެވެ.


ހުތުބާގައި ބުނީ މުސްލިމުންގެ މާޒީ އޮތީ މިގޮތަށް ކަމަށެވެ.

"އެއީ ރުޅި އިސްނުކުރާ ހިލްމުވެރި އުއްމަތެއް. އުއްމަތުގެ އަފްރާދުން މަސައްކަތް ކޮށްފައި ވަނީ، އުއްމަތް ބިނާކޮށް އާރާސްތު ކުރުމަށެވެ. ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންގެ ގާތަށް ރުޅި ވެސް އަންނާނެއެވެ. އެހެނަސް އެ މީހުން ރުޅި އަންނާނީ ﷲ އަށްޓަކައެވެ،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ، މުސްލިމުން ނަމޫނާއަކަށް ބަލަން ޖެހޭނީ ރަސޫލާ ކަމަށެވެ. އެގޮތުން ޝަޚުސީ ކަންތައްތަކާއި ގަނެ ވިއްކުމުގެ މުއާމަލާތުގައި އަދި އެކުވެރިކަމާއި އަވަށްޓެރި ކަމުގައި ރުޅި އިސްކޮށްގެން ނުވާނެކަމަށް ހުތުބާގައި ބުންޏެވެ.

އަހަރެމެން އަވަދިނެތި އުޅެން ޖެހޭނީ އިސްލާމް ދީނަށްޓަކައި ކަމަށާއި ދުނިޔެއަކީ އެއަށްޓަކާ އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫންކަމަށް ހުތުބާގައި ބުންޏެވެ.

"ﷲގެ ހަޒުރަތުގައި އެއީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް ތަނެކެވެ،" ހުތުބާގައި ބުންޏެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު