ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިމްރާން މަޖިލީހަށް ވާދަ ކުރައްވަން ނިންމަވައިފި
މަރިޔަމް އަނާ
28 ޖެނުއަރީ 2024 - 11:11
0
comments
Tweet
Telegram
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުރަތަމަ ފަހަރަށް ވާދަކުރެއްވުމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުالله ނިންމަވައިފި އެވެ.
އަދާލަތު ޕާޓީން ދެންމެ ބުނީ 20 ވަނަ މަޖިލީހުގެ އިންތިހާބު ގައި އަދާލަތު ޕާޓީގެ ޓިކެޓް ގައި ވާދަކުރަން ހުޅުވާލުމުން ކުރިމަތިލީ މެންބަރުންގެ ތެރެއިން އެ ޕާޓީގެ ޓިކެޓް ދިނުމަށް ފެންނަ މެންބަރުން އަދާލަތުގެ މަޝްވަރާ މަޖިލީހުގެ ބައްދަލްވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.
އަދާލަތުން ހުޅުވާލީ އެންމެ ހަތަރު ދާއިރާ އަށެވެ. އެއީ ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި ފުނަދޫ ދާއިރާގެ އިތުރުން އިނގުރައިދޫ ދާއިރާ އަށެވެ. މި ދާއިރާތަކަށް ކުރިމަތިލީ ކިހާ މީހުނެއް ކަމެއް ވެސް ނުބުނެ އެވެ.
ޕާޓީގެ ބަޔާނުގައި އޮތީ ކުރިމަތިލީ މެންބަރުންގެ ތެރެއިން އެ ޕާޓީގެ ޓިކެޓް ދިނުމަށް ފެންނަ މެންބަރުން އަދާލަތުގެ މަޝްވަރާ މަޖިލީހުގެ ބައްދަލްވުމުގައި ފާސްކޮށްފައިވާ ކަމަށެވެ. އެއީ؛
އިމްރާން އަބްދުﷲ | މަކުނުދޫ ދާއިރާ
ހުސައިން ސަގީފް | ވައިކަރަދު ދާއިރާ
އިސްމާއީލް ހަމީދު | ފުނަދޫ ދާއިރާ
އިސްމާއީލް އަލީ | އިނގުރައިދޫ ދާއިރާ
ޢަދާލަތު ޕާޓީގެ އިތުރުން އެހެން ސިޔާސީ ޕާޓީތަކުންވެސް އަންނަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަމުންނެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީން ވަނީ ޕްރައިމަރީ ބާއްވާ ކެންޑިޑޭޓުން ކަނޑައަޅާފައެވެ. އަދި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން އަންނަނީ އަންނަ މަހު 3 ގައި ޕްރައިމަރީ ބޭއްވުމަށް މަސައްކަތްކުރަމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
13 ދުވަސް ކުރިން
0
ފުނަދޫ ދާއިރާގެ އަދާލާތު ޕާޓީގެ ކެންޑިޑޭޓުގެ ތާއީދު، ޕީއެންސީގެ މަމްދޫހަށް
3 މަސް ކުރިން
0
6 ޕާޓީއަކަށް 44 މިލިއަން ރުފިޔާ ދޫކުރަނީ؛ އެމްޑީޕީއަށް 15, ޕީޕީއެމްއަށް 10 މިލިއަން
4 މަސް ކުރިން
0
މަޖިލީހަށް ކުރިމަތިލާން އަދާލަތުގެ ޓިކެޓަށް އެދެން ހުޅުވާލައިފި
5 މަސް ކުރިން
1
އެމްޑީޕީއާއި އަދާލަތު ގުޅިގެން ކުރިއަށް ދާން މަޝްވަރާކުރަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި ނިއު ދިއްލީ އަށް
2 މިނެޓް ކުރިން
0
އެމްޑީޕީ ލީޑާޝިޕް އިސްތިއުފާ ދޭކަށް ނުވިސްނާ: ފައްޔާޒު
21 މިނެޓް ކުރިން
0
އެއް ވޯޓުން އދ އަނެއްކާވެސް ފެއިލް ވެއްޖެ: ރާއްޖެ
28 މިނެޓް ކުރިން
0
އަންނަ މަހު ވެސް ބިލު ބޮޑުވާނެ ކަމަށް ބެލެވޭ: ސްޓެލްކޯ
2 ގަޑިއިރު ކުރިން
0