ޚަބަރު
72 ގަަޑިއިރު ތެރޭ 21.6 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިދިޔަ ތިން ދުވަހުގެ ތެރޭގައި ހިންގި އެކިއެކި އޮޕަރޭޝަންތަކުގައި 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން  ވިދާޅުވީ، ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ އޮޕަރޭޝަންތަކެއް ހިންގައި 21.6 މިލިއަން ރުފިޔާގެ މަގުމަތީ އަގު ހުރި 16.69 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

"ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން އަމާޒަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރާއްޖެއެއް. އަޅުގަނޑުމެންގެ ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންނާ މެދު ވަރަށް ފަޚުރުވެރިވޭ،". އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަތުލައިގަތް 16.69 ކިލޯގެ މަސްތުވާތަކެއްޗާ ބެހޭ ތަފުސީލެއް އަދި ފުލުހުން ނުދެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވިގޮތުގައި މުޖްތަމައުގައި ބޮޑުވެފައިވާ އެއް މައްސަލައަކީ ޑްރަގްގެ މައްސަލަ ކަމަށެވެ. މި މައްސަލައަކީ އެތައް އަހަރެއްވެފައިވާ އެކަށީގެންވާ ވަރުގެ ހައްލެއް ގެނެސްދެވިފައި ނުވާ ބޮޑު މައްސަލައެއް ކަމަށާއި ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުން މިކަމުގެ ވަބާއިގައި ޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު