ޚަބަރު
އީސީ މެންބަރުކަމަށް ޒަކަރިއްޔާ އައްޔަނު ކޮށްފި
އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް އެ ކޮމިޝަންގެ ސެކްރެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކޮށްފި އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދައިފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ޙަސަން ޒަކަރިއްޔާ، ޢައްޔަނު ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫން ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީންނެވެ.

އީސީގެ މެންބަރުކަމަށް ޒަކަރިއްޔާ އައްޔަނު ކުރައްވާފައިވަނީ މިއަދު އެކަމަށްޓަކައި ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައެވެ. ޒަކަރިއްޔާއަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.

ޒަކަރިއްޔާ އީސީގެ މެންބަރުކަމަށް އައްޔަނުކުރެއްވިއިރު ހުންނެވީ އީސީގެ ސެކްރަޓަރީ ޖެނެރަލްގެ މަގާމުގައެވެ.

އީސީގެ މެންބަރުކަން ހުސްވީ އީސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ޙަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވުމުންނެވެ.

އީސީގެ ރައީސްގެ މަގާމުގައި ހުންނެވީ ފުއާދު ތައުފީގެވެ. އަދި ނައިބު ރައީސްގެ މަގާމުގައި ހުންނެވީ އަލީ ނަޝާތެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު