ޚަބަރު
ދިރާގުން މަމްސް އެއިޑް އަށް އެހީއެއް
ދިރާގުން މަމްސް އެއިޑުގެ ބެކް ޓު ސްކޫލް 2024 ޕްރޮގްރާމަށް ވަނީ އެހީ ފޯރުކޮށްދީފައި - ފޮޓޯ: ދިރާގު
މުޖުތަމަޢުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މަމްސް އެއިޑްގެ 'ބެކް ޓު ސްކޫލް 2024' ޕްރޮގްރާމުގައި ދިރާގުން މިއަދު ބައިވެރިވެއްޖެ އެވެ.

"ބެކް ޓު ސްކޫލް 2024" ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިރާސީ އާ އަހަރު ފެށޭއިރު މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ.

އެ މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ފަރާތްތައް ވެސް ހިމެނެ އެވެ.

'ބެކްޓު ސްކޫލް 2024' ޕޮރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކަށް ކުދިންނަށް ބޭނުންވާ ބޫޓާއި، އިސްޓާކީނާއި ދަބަހާއި ޔުނީފޯމް ސެޓްގެ އިތުރުން ސްޓޭޝަނަރީ ފޯރުކޮށްދޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ ޕްރީ ސުކޫލް ލެވެލްގެ ދަރިވަރުންނަށް އެ ތަކެތި ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި، މި ޕާޓްނާޝިޕްގެ މަގުސަދަކީ އެ އާއިލާތަކަށް އެއްބާރުލުން ދިނުމާއި ޚާއްސަކޮށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ މައިންނަަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރުން ކަމަށް ދިރާގުން ބުނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު