ފުޓުބޯޅަ ކުޅުންތެރިޔާ ބަކާ ނިޔާވެއްޖެ
ހަސަން ހަލީމް
25 ޖޫން 2024 - 18:33
0 comments
ހުނަރުވެރި މިޑްފީލްޑަރު، މުހައްމަދު އާރިފް (ބަކާ)
ގައުމީ ފުޓްބޯޅަ ޓީމަށާއި ފުރަތަމަ ޑިވިޝަންގެ ގިނަ ޓީމުތަކަށް ކުޅެފައިވާ ހުނަރުވެރި މިޑްފީލްޑަރު، މުހައްމަދު އާރިފް (ބަކާ)، މިއަދު ނިޔާވެއްޖެ އެވެ.
އުމުރުން 38 އަހަރުގެ ބަކާ ނިޔާވީ، ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މީގެ ތިން ދުވަސް ކުރިން ރާއްޖެ އައި ތަނާ ގަދަ ހުމެއް އައިސްގެން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނިކޮށެވެ.އަނިޔާގެ ސަބަބުން، ބަކާ، މިދިޔަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެފައިނުވެ އެވެ. ބަކާ، އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވަނީ ޔުނައިޓެޑް ވިކްޓަރީ އަށެވެ.އެކަމަކު، ދާދި ފަހުން، މާލޭގައި ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ، ސެވަން އަ ސައިޑް، މުބާރާތުގައި ބަކާ ކުޅުނެވެ.އައްޑޫ ހިތަދު އަށް އުފަން ބަކާ ފުޓުބޯޅައިގައި ވިދަން ފެށީ އެ ރަށުގެ ފުޓުބޯޅަ ކްލަބެއް ކަމަށްވާ އައިއެފްސީންނެވެ. އެއީ އޭނާގެ އުމުރުން 19 އަހަރުގައި 2004 ގަ އެވެ.ގައުމީ ޓީމުން، 2008 އާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ބަކާ ހިމެނުނެވެ. ބަކާ، އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ، 2021 ވަނަ އަހަރު، ސާފް ޗެމްޕިއަންޝިޕަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނިގެންނެވެ.
ކިޔުންތެރިންގެ ޝުއޫރު