ކުޅިވަރު
އުރީދޫގެ ޕްލޭ ފުޓްސަލް ވިތް އޮކޯޗާ އިވެންޓަށް ބޮޑު ތަރުހީބެއް
އޮކޯޗާއާއެކު ރާއްޖޭގެ ލެޖެންޑުން ފުޓްސަލް މެޗެއް ކުޅުން -- ފޮޓޯ: އުރީދު
އުރީދޫ މޯލްޑިވްސްގެ ދައުވަތަކަށް މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައިވާ އޮގަސްޓީން އަޒުކާ "ޖޭ ޖޭ" އޮކޯޗާއާ އެކު ރާއްޖޭގެ ލެޖެންޑުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް މެޗެއް ކުޅެފި އެވެ.

މެޗުގައި އޮކާޗާގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގާއި ކަލީމް ކުޅުނުއިރު އޮކޯޗާ ވެސް ރާއްޖޭގެ ތަރިންގެ ޓީމަށް ވަނީ ކުޅެފައެވެ. ރާއްޖޭގެ ލެޖެންޑުންގެ ޓީމުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވެސް ހިމެނެއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވެސް މި ޓީމުގައި ހިމެނުނެވެ.

އުރީދޫ މޯލްޑިވްސްގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) ހުސެއިން ނިޔާޒް ވިދާޅުވީ އުރީދޫއިން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތުން ގިނަ ބަޔަކަށް އުފާވެރިކަން ގެނެސް ދެވުމުގެ އިތުރުން ޔޫރަޕުގައި ރާއްޖެ އިސްތިހާރު ވެސް ކުރެވުނު ކަމަށް ވެސް ނިޔާޒް ދެކިލައްވަ އެވެ. 

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގައި ވާދަކުރީ އުރީދޫގެ ސްޕޮންސާޝިޕުގައި ހިމެނޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކުޅުންތެރިން ހިމެނޭ ޓީމަކާއި ލެޖެންޑުންގެ ޓީމެކެވެ. މި މެޗު މާޒިޔާ ކާމިޔާބުކުރީ 8-5 ގެ ނަތީޖާއަކުންނެވެ.

އުރީދޫގެ ދައުވަތަކަށް ޖޭ-ޖޭ އޮކޯޗާ ރާއްޖެއަށް މި ކުރި ދަތުރުގައި ގިނަ ހަރަކާތް ތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ޕިއެސްޖީ އެކަޑަމީ އާއި އުރީދޫ ގުގިޅެން ރާއްޖޭގައި ޒުވާން ފުޓްބޯޅަ ކުޅުންތެރިންނަށް ފުޓްބޯޅަ ކްލިނިކެއް ވެސް ވަނީ ހިންގާފައެވެ. އަދި މީގެ އިތުރުން ލ.އަތޮޅުގައި އުރީދޫއިން ކުރިއަށް ގެންދިޔަ ފަން ރަން ގައިވެސް ޖޭ-ޖޭ އޮކޯޗާ ވަނީ ބައިވެރިވެފަ އެވެ.

އޮކޯޗާގެ މި ދަތުރަކީ އުރީދޫގެ ޕްރީމިއަމް ޕާޓްނަރު ޕީއެސްޖީއާ އޮތް ޕާޓްނާޝިޕްގެ ސަބަބުން ކުރާ ޕްރޮމޯޝަނަލް ހަރަކާތެއް ކަމަށް އުރީދޫ މޯލްޑިވްސްއިން މައުލޫމާތުދެއެވެ.

ޕީއެސްޖީއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ.  


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު