މަޝްހޫރު ފުޓްބޯޅަ ކޯޗު ސާންތި ނިޔާވެއްޖެ
ހަސަން ހަލީމް
23 މާޗް 2025 - 00:33
0 comments
އިހުސާން އަބްދުލްޤަނީ (ސާންތި)
މަޝްހޫރު ފުޓްބޯޅަ ކޯޗް އިހްސާން އަބްދުލްގަނީ (ސާންތި) ނިޔާވެއްޖެ އެވެ.
ރާއްޖޭގައި ފުޓުބޯޅަ ކުރިއަރުވައި ކުޅުންތެރިން އުފެއްދުމުގައި ބުރަ މަސައްކަތްތަކެއް ކުރަމުން އައި ސާންތީ، ކިޑްނީ އާއި ކެންސަރަށް ފަރުވާ ހޯދަމުން އަންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.ސާންތީއަކީ ފުޓްބޯޅައިގެ އިތުރުން ކުޅިވަރު ހިންގުމުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ނަމެކެވެ. މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަންވެސް ސާންތީ ކުރިން ކުރައްވާފައިވެ އެވެ.
ސާންތި އަކީ ގައުމީ ކުޅިވަރު މަޖިލީހުގެ ވެސް ކުރީގެ މެންބަރެކެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިޔަ ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންގެ ރޯލުވެސް ކުރިން ސާންތީ އަދާކުރިއެވެ.
ކިޔުންތެރިންގެ ޝުއޫރު