ދީން
ސިހުރު ހެދުމާ ސިހުރު ވެރިންގެ އެހީ ހޯދުމަކީ ބޮޑު ފާފައެއް: ހުތުބާ
ސިހުރު ހެދުމަކީ ދީނުން ބޭރުވާ ފަދަ ބޮޑު ފާފަ އެއް ކަމަށާއި އޭގެ ސަބަބުން މުޅި މުޖުތަމައު ފަސާދަވެއްޖެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ އެފަދަ ޢަމަލެއް ކުރާ މީހެއްގެ ގާތަށް ގޮސް، އޭނާގެ ބަސް ތެދުކޮށް، އޭނާގެ ކިބައިން އެހީތެރިކަން ހޯދައިފި މީހާ، ކީރިތި ރަސޫލާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް ކާފިރުވެއްޖެ ކަމަށެވެ.

މިއަދު އަހަރެމެންގެ ތެރޭގައި ފެތުރޭ ކުށްތަކުގެ ތެރޭގައި، އެ ކުށަކަަށް އަރައިގަތުމުން ދީނުން ބޭރުވާފަދަ ކުށްތައް ހުންނަ ކަމަށެވެ. އޭގެ ތެރެއިން އެއް ކުށަކީ ސިހުރު ކަމަށާއި ސިހުރުގެ ސަބަބުން އާއިލާތައް ރޫޅި، ދެމަފިރިންގެ ޒަވާޖީ ހަޔާތް ބަރުބާދުވާކަމަށް ހުތުބާގައި ބުންޏެވެ. 

މި ސުންޕާ އަމަލުގެ ސަބަބުން އާއިލާތައް ރޫޅި މީހުން ބިކަ ހާލުގައި ޖައްސާ މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ގެއްލި، ދުނިޔޭން މޮޔަކޮށްލައެވެ.

ސިހުރުގެ ބާވަތްތަކަށް ބަލާއިރު 2 ބާވަތެއްގެ ސިހުރު ވާކަމަށް ހުތުބާގައި ބުންޏެވެ. އެގޮތުން ސިހުރުވެރިންގެ ކުޅަދާނަކަމުން މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާއޮޅުވާލުމާއި، މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރާ ބާވަތުގެ ސިހުރުވެސް ހުރެއެވެ.

މި ބާވަތުގެ ސިހުރު ހެދުމަށް މީހުންގެ އިސްތައްޓާއި ނިޔަފައްޗާއި، ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުންކުރެ އެވެ. މީގެ ތެރޭގައި މީހުން މޮޔަކޮށްލާ ސިހުރާއި، ބަލިކޮށްލާ ސިހުރާއި، މަރާލާ ސިހުރާއި ދެމަފިރިން ދުރުކުރުވާ ސިހުރު ހިމެނެ އެވެ. 

"މި ބާވަތުގެ ސިހުރު ހެދުމަށް މީހުންގެ އިސްތައްޓާއި ނިޔަފައްޗާއި، ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުންކުރެއެވެ. މީގެ ތެރޭގައި މީހުން މޮޔަކޮށްލާ ސިހުރާއި، ބަލިކޮށްލާ ސިހުރާއި، މަރާލާ ސިހުރާއި ދެމަފިރިން ރުޅިކުރުވާ ސިހުރު ހިމެނެއެވެ،" ހުތުބާގައި ބުންޏެވެ.

ޔަހޫދީއަކު ކީރިތި ރަސޫލާއަށް ހެދީ މި ބާވަތުގެ ސިހުރުކަން ފާހަގަކޮށް ހުތުބާގައި ބުނީ، ފަލަޤު ސޫރަތާއި ނާސް ސޫރަތް ބާއްވާލެއްވީ މި ހާދިސާގެ ސަބަބުން ކަމަށެވެ.

ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ސިހުރަކީ ދެ ދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ ސިހުރުހާހޫރައާއި ދުރުވުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި، މުސީބާތްތަކުން މިންޖުވުމަށާއި ބޭނުންވާ ކަންކަމުގައި އިހުލާސްތެރިކަމާ އެކު މާތްﷲއަށް ދުޢާ ދެންނެވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު