ފުޓްބޯޅަ ތަރި ބަކާ އަށް އައިސީޔޫގައި ފަރުވާ ދެނީ
މަރިޔަމް އަނާ
25 ޖޫން 2024 - 01:24
0 comments
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް --- ފޮޓޯ/ ބަކާ ފޭސްބްކް ޕޭޖް
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ގެ ހާލު ދެރަވެ އައިސީޔޫ ގައި ފަރުވާ ދޭން ފަށައިފި އެވެ.
ދާދި ފަހުން ހައްޖުގެ އަޅުކަން އަދާކޮށްފައި، ދެ ދުވަހެއް ކުރިން އެނބުރި ރާއްޖެ އައި ބަކާ އަށް މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު، ބަކާ އަށް، ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުން އަންނައިރު، ގިނަ ބަޔަކު އަންނަނީ ބަކާ އަށް ހެޔޮ ދުއާ ކުރަމުންނެވެ.ބަކާގެ އަރިސް، ފުޓްބޯޅައިގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އޭޑީކޭގެ އައިސީޔޫ ގައި ބަކާއަށް ދަނީ ފަރުވާ ދެމުންނެވެ. ބަކާގެ ހާލު ވަރަށް ދެރަ ކަމަށް ވެެސް ވިދާޅުވި އެވެ. ނަމަވެސް ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް އޭނާގެ ގާތް އެކުވެރިން މަޢުލޫމާތު ދިނެވެ. ބޭރުގެ ލީގެއްގައި ކުޅުނު ރާއްޖޭގެ މަދު ކުޅުންތެރިންގެ ތެރޭގައި ބަކާ ހިމެނެއެވެ. އޭނާ ވަނީ މިޔަންމާ ލީގުގެ ޓީމަކަށް މީގެކުރިން ކުޅެފައެވެ. އަދި ކުލަބު ލެވެލްގައި ގިނަ ކާމިޔާބީތަކެއް އޭނާ ވަނީ ހޯދާފައެވެ.ގައުމީ ޓީމުން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ބަކާ ހިމެނުނެވެ.
ކިޔުންތެރިންގެ ޝުއޫރު