ދުނިޔެ
ގާޒާގައި މިހާރު އެ ހިންގަނީ ހަނގުރާމައެއް ނޫން، އެއީ ގަތުލުއާންމެއް: ޕޫޓިން
ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން: އަބަދުވެސް ފަލަސްތީން މުސްލިމުގެ ހައްގުގައި ބަސް ވިދާޅުވޭ
ގާޒާގައި މިހާރު އެ ހިންގަނީ ހަނގުރާމައެއް ނޫން ކަމަށާއި އެއީ ނަސްލު ނައްތާލަން ހިންގާ ގަތުލުއާންމެއް ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.  

މީގެ ހަ މަސް ކުރިން ގާޒާގައި ޔަހޫދީ ފައުޖުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 37,086އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. 

އަދި, ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 83,074އަށް އުފުލިފަ އެވެ. އދ. އިން ބުނީ, ގާޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ އަދަދު ވަނީ މިލިޔަނަކަށް އުފުލިފައި އެވެ.

އިޒުރޭލު ސިފައިން ގާޒާގައި ހިންގަމުން ގެންދާ އަނިޔާވެރިކަމުގެ މަގުސަދަކީ އާބާދީއެއް ނައްތާލުން ކަމަށް ވިދާޅުވަމުން ޕޫޓިން ފާޑު ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އެންމެ ފަހުން ހުށަހެޅުއްވި ހަނގުރާމަ ހުއްޓާލުމަށް ބައިޑަން ހުށައެޅުއްވި މަގުޗާޓަށެވެ. 

ޕޫޓިން ވިދާޅުވީ ފަލަސްތީނަށް ހަނޑުލާއި ހަކުރު އަދި ފުއް ބަސްތާތަކެއް ދިނުމަކުން ހަނގުރާމަ ހުއްޓުނީ ނޫން ކަމަށެވެ. ދެން ވިދާޅުވި އެމެރިކާއަށް ސުލްހައަށް ނުވާ ކަމެއްގައި ސުލްހަ ނޯންނަ ކަމަށެވެ. އެމެރިކާ ފިޔަވައި ހަނގުރާމައަށް ލޯބިކުރާ ބަޔަކު ދުނިޔޭގައި ނެތް ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.  

"ގާޒާގައި މިހާރު އެ ހިންގަނީ ހަނގުރާމައެއް ނޫން ކަމަށާއި އެއީ ނަސްލު ނައްތާލަން ހިންގާ ގަތުލުއާންމެއް. ރަޝިއާ އަކީ އެއްވެސް އިރެއްގައި އެއްވެސް ޒާތެއްގެ ޓެރަރިސްޓް ހަރަކާތަކަށް ތާއީދުކުރާނެ ގައުމެއް ނޫން.." ފަލަސްތީނުގެ މިނިވަން ދައުލަތަށް އަބަދުވެސް އަޑު އުފުއްލަވާ ޕޫޓިން ވިދާޅުވި އެވެ. 

ޕޫޓިން ވިދާޅުވީ ފަލަސްތީން މިނިވަންކޮށް ދައުލަތެއްގެ ބާރުދިނުމަށް އދ އިން މަސައްކަތް ފަށަންޖެހިފައި އޮތް ވަގުތު ފާއިތުވަމުންދާ ކަމަށެވެ. ޕޫޓިން ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދިނުމުގައި ރަޝިއާގެ އިޚުތިޔާރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ފަލަސްތީންގެ މިނިވަން ދައުލަތަކަށް ރަޝިއާ ތާއީދުކުރުމުގެ އިތުރުން އަމިއްލަ ހައިސިއްޔަތުން ވަކާލާތުވެސް ކުރައްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގާޒާ ހަނގުރާމަ ނުހުއްޓިގެން އެ އުޅެނީ އެމެރިކާގެ ސަބަބުން ކަމަށެވެ. ދުނިޔޭގެ ސިޔާސަތުގައި އެމެރިކާ އޮތީ ބޮޑު ފޭލިވުމަކުން ފޭލިވެފައި ކަމަށްވެސް ވިދާޅުވި އެވެ. 

ގާޒާގައި ހަމަލާތައް ކުރިއަށް ދާއިރު، އެކަން ހުއްޓުމަކަށް ގެނެވޭތޯ ބާއްވާ މަޝްވަރާތައް ވެސް ކުރިއަށްދެ އެވެ. ހަމާސް އާއި އިޒްރޭލު އެއްބަސްވުމަކަށް ގެނެސް، މިހާތަނަށް 37،000 މީހަކު ޝަހީދުވެފައިވާ ހަމަލާތައް ހުއްޓުމަކަށް ގެންނަން ގަތަރާއި އެމެރިކާ އާއި މިސްރުން އެތައް މަސައްކަތެއް ވަނީ މިހާތަނަށް ކޮށްފަ އެވެ. ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ އިތުރުން ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުން ވެސް މި މަޝްވަރާގެ ތެރޭގައި ހިމެނެ އެވެ.

ހަމާސް އިން ބުނީ ހަމަލާތައް ދާއިމީކޮށް ހުއްޓުމަކަށް ގެނެސް އިޒްރޭލު ސިފައިން ގާޒާއިން އެއްކޮށް ފައިބަން ނޫން ގޮތަކަށް ހަމާސް އިން އެއްބަސްނުވާނެކަން މިހާރު ވެސް ވާނީ މެދުވެރިންނަށް އަންގާފައި ކަމަށެވެ. އިޒްރޭލު ބުނަނީ ހަނގުރާމަ ހުއްޓާނީ ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކޮށް ހަމާސްގެ ބާރު މުޅިން ހެން ގާޒާއިން ކެނޑިއްޖެކަން ކަށަވަރުވުމުން ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
59%
22%
8%
11%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު