ދުނިޔެ
އިޒްރޭލުގެ ހަމަލާއެއްގައި ރެފިއުޖީ ކޭމްޕަކުން 210 މީހުން ޝަހީދުކޮށްލައިފި
އިޒްރޭލުން ފެށި ގަތުލުއާންމުގައި 36،801 މީހުން މިހާރު ވަނީ ޝަހީދުކޮށްލައިފަ
އަމިއްލަ ވަޒަން ގެއްލިފައިވާ ގިނަ އަދަދެއްގެ ރެފިއުޖީން ދިރިއުޅެމުން ދިޔަ ފަލަސްތީނުގެ ނުސެއިރަތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ހަމަލާދީ 210 މީހުން ޝަހީދުކޮށްލައި، 500 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި އެވެ.

އިޒްރޭލުން ނުސެއިރަތު ކޭމްޕަށް ހަމަލާދިނީ ހަނގުރާމައިގެ އަސީރުން މިނިވަން ކުރުމުގެ ނަމުގަ އެވެ. އެ ހަމަލާތަކަށްފަހު މުޖާހިދުން އަތުން އިޒްރޭލުގެ ހަތަރު މީހަކު ސަލާމަތް ކުރި ކަމަށް އިޒްރޭލުން ބުނެ އެވެ. އިޒްރޭލުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ޔަހޫދީ އެއް ސިފައިންގެ މީހަކު ވެސް މަރުވި ކަމަށްވެ އެވެ.

ގާޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ދަނީ އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގަމުންނެވެ. ފަލަސްތީނުގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ގަތުލުއާންމެއް ހިންގަމުންދާ މައްސަލަ ދެކުނު އެފްރިކާއިން ވަނީ އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައެވެ. އަދި, ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓު, އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ން ވަނީ, ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމަށް އަމުރެއް ނެރުމުގެ މަސައްކަތް ފަށާފަ އެވެ. 

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރޭލަށް ހަމާސް އިން ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި އެތައް ބަޔަކު ރަހީނުކުރުމުން ހަމާސް ނައްތާލަން ކަމަށް ބުނެ ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ވަނީ 36،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. 

ހުކުރު ދުވަހުގެ ވަގުތެއްގައި އދ. އިން ވަނީ ހަމަނުޖެހުންތަކުގައި ކުޑަކުދިންނަށް ގެއްލުންދޭ ފަރާތްތަކުގެ ބްލެކްލިސްޓަށް އިސްރާއީލުގެ އަސްކަރިއްޔާ އިތުރު ކުރުމަށް ނިންމާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު