ޚަބަރު
އާންމު ދަތުފަތުރަށް އުނދަގޫވާ ގޮތަށް ހުރި 163 އުޅަނދެއް ނަގައިފި
ފުލުހުން އުޅަނދުތަކެއް ޓޯ ކުރަނީ
ދުއްވާ އެއްޗިއްސަށް ދަތިވާނޭ ގޮތަށް މާލޭގެ މަގުތަކުގައި ޕާކްކޮށްހުފި 163 ހަތަރު ފުރޮޅުލީ އުޅަނދު ފުލުހުން ނަގައިފި އެވެ. 

ފުލުހުން ބުނީ ބުރާސްފަތި އަދި ހުކުރު ދުވަހު އެކަނި މާލޭގެ އެކި ސަރަހައްދުތަކުން ގިނަ އަދަދަކަށް އުޅަނދު ޓޯކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މި ހުރިހާ އުޅަނދަކީ ވެސް އާންމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް ޕާކުކޮށްފައި ހުރެގެން ޓޯކުރި ތަކެތިކަމަށް ފުލުހުން ބުނެ އެވެ.  

ފުލުހުން ބުނީ ޓޯކުރި އުޅަނދުތަކުގެ ތެރެއިން 84 ވެހިކަލަކީ ބޮތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކައިރިން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައި ހުރި އެއްޗިއްސެވެ. އަދި އެހެނިހެން މަގުތަކުން 79 އުޅަނދެއް ޓޯކޮށްފައިވެ އެވެ.

މާލޭގައި ޕާކިން މައްސަލަ ހައްލު ކުރަން މިދިޔަ އަހަރުން ފެށިގެން ފުުހުންނަނީ މަގުމައްޗަށް ދޫކޮށްލާފައި ހުންނަ އުޅަނދުތައް ޓޯކުރަމުންނެވެ.

ޕާކު ކުރާ އިރު، އާންމު ދަތުރުފަތުރަާއި ހިނގާ މީހުންނަށް އުނދަގޫ ނުވާނޭހެން ވެހިކަލްތައް ބެހެއްޓުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު