ދީން
ދީނީ ދާއިރާތަކަށް އަމާޒުކޮށް މަހާސިންތާތަކެއް ބާއްވަނީ
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ދީނީ މަސައްކަތްތަކާ ގުޅޭ ވަކިވަކި ދާއިރާތަކަށް ޢަމާޒުކޮށްގެން މިއަހަރު 6 މަހާސިންތާ ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމަވައިފި އެވެ.

މި މަހާސިންތާތައް އޮންނާނީ، އޮގަސްޓް، ސެޕްޓެމްބަރު، އޮކްޓޯބަރު އަދި ނޮވެމްބަރު މަހުއެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ މަހާސިންތާ ތަކެއް ރާވާ ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ. އަދި ދިމާވާ ދަތިތަކާ ކުރިމަތިވާ ގޮންޖެހުން ތަކުން އަރައިގަންނާނެ މަގު ފަސޭހަ ކުރުމަކީވެސް މަހާސިންތާ ތަކުގެ ބޭނުމެއް ކަމަށް ބުންޏެވެ.

މީގެ އިތުރުން ޒުވާނުންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކުރުމާއި ސައްހަ އަގީދާ ކިޔައިދިނުމުގައި އިލްމުވެރިންގެ ދައުރު ފުޅާކުރުން ހިމެނޭ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. 

ހައްޖާ އުމްރާގެ ކަންކަން ހަރުދަނާކުރުމަކީވެސް ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާ މަސައްކަތެކެވެ. މި މަހާސިންތާ ތަކުގެތެރެއިން މި ދާއިރާއިންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، މިހާރު ހުރި އެކިއެކި ދަތިތަކަށް ޙައްލުހޯދުން ހިމެނެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު