ޚަބަރު
ރައީސްގެ ޓޫރިޒަމް އެޑްވައިޒަރު ހަލީލު އިސްތިއުފާ ދެއްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުން މުހައްމަދު ޚަލީލް އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އެ މަގާމުން އިސްތިއުފާ ދެއްވި ސަބަބު ވިދާޅުނުވި ނަމަވެސް ހަލީލު އިސްތިއުފާ ދެއްވާފައިވާކަން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ކަށަވަރު ކޮށްދެއްވި އެވެ. 

ރައީސް މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުގައި ނޮވެމްބަރު 17، 2023 އިން ފެށިގެން ހުންނެވި ހަލީލަކީ ފުޅާ ދާއިރާއެއްގައި ރިސޯޓް ހިންގާ "ޕަލްސް" ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި "މަންތާ އެއާ" ގެ ހިއްސާދާރެކެވެ.

ހަލީލް މަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު މާރު ކުރުމަށް މިހާރު އޮންނަ 20 ޕަސެންޓުގެ ރޭޓު 40 ޕަސެންޓަށް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު މާރު ކުރަން މަޖިލީހުން ފާސްކުރި އިރު ޓޫރިޒަމް ދާއިރާގެ ޖަމިއްޔާތަކުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

އެގޮތުން ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މަޓީން ބުނި ގޮތުގައި 40 ޕަސެންޓަކީ ތަހަންމަލު ކުރެވޭ ވަރުގެ ބުރައެއް ނޫނެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު