
އޮގަސްޓް 24 ވަނަ ދުވަހު ސޮއިކުރަން ހުޅުވާލި އެ އީޕެޓިޝަނަށް މިހާތަނަށް 1083 އަށް ވުރެ ގިނަ ސޮއި ވަނީ ހަމަވެފަ އެވެ. ހ، ޕްލިޒެންޓްވިލާ، ކ. މާލެ، މުހައްމަދު ޖަލާލު ނަސީމް ހުށަހެޅުން:ފުރިހަމަ ދިމުްކުރާތީ ނިޒާމަކަށް ކުރި ދަތުރުގެ ތެރެއިން ދިވެހިންނަށް ލިބުނު އެންމެ ބޮޑު އެއް ބާރަކީ ކޮންމެ ރައްޔިތަކަށްވެސް އެ ރައްޔިތަކު ނިސްބަތްވާ ދާއިރާއަކުން ރައްޔިތުން ތަމްސީލު ކުރާނެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ހޮވުމުގެ ބާރެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާތައް ވަނީ ދާއިރާތަކާއި އެ ދާއިރާތަކުގެ ރައްޔިތުންނާއި ނުހަނު ގުޅިފަ އެވެ.2024 ވަނަ އަހަރު ތަސްދީގު ކުރެވެނު އެންޓި ޑިފެކްޝަން ގާނޫނުގައި ރަނގަޅު ކަންތައްތަކެއް ހުއްޓެވެ. ކުލަ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް އޮތުން ފަދައެވެ. ނަމަވެސް މެމްބަރު ނިސްބަތްވާ ޕާޓީ އިން އެ މެމްބަރު ވަކި ކުރުމުންވެސް ގޮނޑި ގެއްލޭގޮތަށް އޮތުން ގޯހެވެ. ހާއްސަކޮށް އެ މެމްބަރު ހޮވި ރައްޔިތުންނަށް އެ ބާރު ނުލިބޭއިރު އެވެ. ހަގީގަތުގައި މެމްބަރު ގޮނޑި އާއި ދުރަށް ލުމުގެ ބާރު އޮންނަން އެންމެ އައުލާކަން ބޮޑީ އެ ގޮނޑީގައި މެމްބަރު ބެއިންދި ރައްޔިތުމީހާ އަތުގަ އެވެ.ރިޔާސީ ނިޒާމެއްގައި މަޖިލީހަށް ކުރިމަތިލާ އިރު ނިސްބަތްވާ ޕާޓީ ރަމްޒުކޮށްދެނީ ހަމައެކަނި އޭނާގެ ފިކުރު ހިނގާނެ މައިގަނޑު މިޝްރާބެވެ. އެއްވެސް ހާލެއްގައި މަޖިލީހަށް ހޮވޭފަހުން އޭނަ ގޮނޑީގައި އިނދެ ތަމްސީލު ކުރަނީ ޕާޓީއެއް ނޫނެވެ. ތަމްސީލު ކުރަނީ ދާއިރާއެވެ. އޭނައަށް ވޯޓު ލީ މީހުންނާއި ނުލާ މީހުންނެވެ. އޭނާގެ ފިކުރަށް ނިސްބަތްވާ މީހުންނާއި ނިސްބަތް ނުވާ މީހުންނެވެ. އެކި ޕާޓީތަކުގެ މެމްބަރުންނާއި އެއްވެސް ޕާޓީއަަކަށް ނިސްބަތް ނުވާ މީހުންނެވެ. މަޖިލީހަށް މެމްބަރު ހޮވޭއިރު އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ އެތައް ރައްޔިތުންނެއްވެސް އޭނާއަށް ވޯޓު ދޭނެއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މެމްބަރު ވަކިކުރުމުގެ ބާރު ސީދާ އެ ދާއިރާއެއްގެ ރައްޔިތުންގެ އަތުގައި އޮތުމެވެ.