ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެކަކު ޖޫރިމަނާކޮށް، 146 މީހަކަށް ނަސޭހަތް
އަލީ ރާޒީ
06 އޭޕްރީލް 2020 - 00:17
0
comments
Tweet
Telegram
މާލެ ސަރަހައްދުގައި މިއަދު ކާފިއު ހިންގި ވަގުތު ބޭރުގައި އުޅުނު އެކަކު ޖޫރިމަނާކޮށް، 146 މީހަކަށް މިއަދު ނަސޭހަތް ދީފަ އެވެ.
ފުލުހުން ބުނީ ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅުމުގެ ސަބަބުން 139 މީހަކަށް ނަސޭހަތް ދޭން ޖެހުނު ކަމަށެވެ. އޭގެ ތެރޭގައި މި ހެމެނެނީ 122 ދިވެހިންނާއި 17 ބިދޭސީންނެވެ. ދެވަނަ ނަސޭހަތް ހަތް މީހަކަށް ދީފައިވާ ކަމަށެވެ.
އޭގެ އިތުރުން ދެ ވަނަ ފަހަރަށް ހަތް މީހަކަށް ނަސޭހަތް ދެވުނު ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި ނަސޭހަތާއި އިންޒާރު އެކަކަށް ވެސް ދީފައި ނުވާކަމަށާއި އަދި އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އިއްޔެ ވެސް ކާފިއު ވަގުތުތަކުގައި 141 މީހަކަށް ނަސޭހަތްތެރިވިއިރު އޭގެ ތެރޭގައި ހިމެނެނީ 119 ދިވެހިންނާއި 22 ބިދޭސީންނެވެ.
ކޮރޯނާ ވައިރަސް ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުން އެޅި މި ފިޔަވަޅަށް ބައެއް ދިވެހިން ބޯލެނބި މަންޒަރު ނުފެންނަމަވެސް ފުލުހުން ވަނީ ކާފިއުގެ ވަގުތު ބޭރުގައި އުޅޭނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެކަން ހާމަކޮށްފަ އެވެ.
އެވަގުތު ބޭރުގައި އުޅޭ މީހުން ޖޫރިމަނާކުރާނެކަމަށް އެންގި ނަމަވެސް ފުރަތަމަ ދުވަހު އެކަނި ވެސް މާލޭ މަގުމަތިން 95 މީހަކު ހިފެހެއްޓި އެވެ. ދެ ވަނަ ދުވަހު އެ އަދަދު ތިން ގުނައަށް އިތުރުވިއިރު ޖުމްލަ 284 މީހަކު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލެއަށް ބަލާއިރު ފުރަތަމަ ދުވަހު، 11 މީހަކު ހިފެހެއްޓިއިރު އިއްޔެ ހިފެހެއްޓީ 67 މީހެކެވެ. އަދި ވިލިމާލެއިން ފުރަތަމަ ދުވަހު ނުވަ މީހަކު ހިފަހެއްޓިއިރު އިއްޔެ ވަނީ 25 މީހަކު ހިފަހައްޓާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
މާލޭ މަގުމައްޗަށް ކުނިއަޅާ ބިދޭސީއަކު ޑީޕޯޓުކޮށްލަނީ
2 ދުވަސް ކުރިން
0
ޑްރެޖަރުގައި އަނިޔާވި ބިދޭސީ މީހާ މަރުވެއްޖެ
3 ދުވަސް ކުރިން
0
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމުގެ މަސައްކަތް ފަށައިފި
5 ދުވަސް ކުރިން
0
ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޑިސްކައުންޓް ދިނުމުގެ ކުރިން ބިލު ދެއްކި މީހުންނަށް އަންނަ މަހުގެ ބިލުން ޑިސްކައުންޓް
6 މިނެޓް ކުރިން
0
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައި 5 ގައުމު
19 މިނެޓް ކުރިން
0
އޭޕްރީލް މަހުގެ ފެން ބިލުން ޑިސްކައުންޓް ދެނީ: އެމްޑަބްލިއުއެސްސީ
42 މިނެޓް ކުރިން
0
16 މީހުންނާއެކު މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ވ.އަތޮޅުގެ ގިރިއަކަށް އަރައިފި
3 ގަޑިއިރު ކުރިން
0