ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ގާނޫނު އަސާސީ އިސްލާހު ކުރަން އެމްޑީޕީން ނިންމައިފި
އިސްމާއިލް ރިޒާ
27 މެއި 2020 - 01:54
0
comments
Tweet
Telegram
މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް، ގާނޫނު އަސާސީ އަށް ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހު އެ ގޮތަށް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ފާސްކޮށްފި އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގައި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލު ފާސްކުރަން އެމްޑީޕީގެ މެންބަރުންނަށް ތްރީލައިން ވިޕެއް ނުރެމަށް ނިންމީ އެ ގްރޫޕްގެ 42 މަޖިލީހުގެ މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވަން ހަތަރު މެންބަރަކު ވޯޓުު ދެއްވި އެވެ.
ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންނަކީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އާއި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު އާއި، ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އާއި، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އާއި، ހެންވޭރު އުތުރު ދާއިރާގ ެމެންބަރު އިބްރާހިމް މުއިއްޒު އާއި، މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)، އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ.
ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅި އިސްލާހަކީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އެ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވާ މަޖިލީހުގެ ތަޅުމުގައި މިއަދު ވަނީ ބަހުސްކޮށްފަ އެވެ. އެމްޑީޕީގެ މެންބަރުންގެ މެދުގައި އެބިލާ ކަމުގައި ވަރަށް ބޮޑަތި ހިޔާލު ތަފާތުވުން އުފެދިފައިވެ އެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ތްރީލައިން ވިޕެއް ނެރުމަށް މިރޭގެ ޕީޖީ ބައްދަލުވުމަށް ހުށަހެޅުއްވީ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ. އަދި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އައްޑޫ، މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.
ގާނޫނު އަސާސީ އިސްލާހުކުރަން ތްރީލައިން ވިޕް ނެރުމާ ދެކޮޅަށް ވޯޓް ދެއްވި ނުވަ މެންބަރުންގެ ތެރޭގައި އެ އިސްލާހާ ދެކޮޅަށް މިއަދު ތަޅުމުގައި ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި މެންބަރުން ހިމެނެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ފާސްކުރީ ގާނޫނު އަސާސީ އަށް ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ހުށަހެޅުއްވި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެ ގޮތަށް ފާސްކުރުމަށެވެ. އެގޮތުން އެ ބިލް ކޮމިޓީ އަށް ފޮނުވިޔަސް އިތުރު ބަދަލެއް ނުގެންނަން އެ ހުށަހެޅުމުގައިވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިންތިޚާބު އެއް އަހަރަށް ފަސް ކުރުމުގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެކަމަކު މިހާރު ތިބި ކައުންސިިލް މެމްބަރުންގެ ދައުރު އަންނަ މަހުގެ ތިނެއްގައި ހަމަވުމުގެ ކުރިން އެ މަގާމުތަކާ މެދު ގޮތެއް ނިންމަން ޖެހެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ގަޑިއިރު ކުރިން
0
މަޖިލީހުގެ ތަޅުމަށް ވަޑައިގެންނެވީ 10 މެންބަރުން، ޖަލްސާ ނުބޭއްވުނު
1 ދުވަސް ކުރިން
0
އިޒްރޭލުން ރަފަހްއަށް ހަމަލާދިނުން ކުށްވެރިކޮށް، ކުއްލި މައްސަލައެއް
1 ދުވަސް ކުރިން
0
ދާއިރާގެ ވޯޓުން މެންބަރުން ވަކި ކުރެވޭ އިސްލާހު އަނބުރާ ގެންގޮސްފި
2 ދުވަސް ކުރިން
0
ސައުދީ، ޗައިނާ އަދި ބަންގްލަދޭޝް އަށް އައްޔަންކުރާ ސަފީރުންނަށް މަޖިލީހުން ރުހުން ދީފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޯލްޑިވިއަންގެ 4 ވަނަ އޭޓީއާރް ރާއްޖެ ގެނެސްފި
5 މިނެޓް ކުރިން
0
މި ތިބީ ހައްޖު ކޯޓާ އިތުރުވާނެކަމުގެ އުންމީދުގައި
10 މިނެޓް ކުރިން
0
މަޖިލީހުގެ ތަޅުމަށް ވަޑައިގެންނެވީ 10 މެންބަރުން، ޖަލްސާ ނުބޭއްވުނު
7 ގަޑިއިރު ކުރިން
0
އެއާޕޯޓު ޓެކްސީ ކިއުގެ މައްސަލަ ހައްލުކޮށްފި
8 ގަޑިއިރު ކުރިން
0