އަހުމަދު އަކުރަމް
01 ސެޕްޓެމްބަރ 2020 - 20:43
0 comments
ގއ. ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީއާ ގުޅޭގޮތުން އެ ދާއިރާގެ މެމްބަރު ސައުދު ހުސައިން އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން އޭނާ މައާފަށް އެދެންޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
![](image/default_ads/article/ooredoo-1-7-25.jpg)
މިއަދު ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ސައުދުﷲ ވިދާޅުވީ ވިލިނގިލީ ކޮވިޑް ފެސިލީޓި ހުރީ ފުރިހަމަޔަށް ތައްޔާރުވެފައިކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން ބުނަމުންދާ ކަމަށެވެ.ނަމަވެސް މެމްބަރު ސައުދު އިއްޔެ ވިދާޅުވީ އެ ފެސިލިޓީގައި ހުރީ ހަމައެކަނި އެނދުތަކެއް ކަމަށެވެ. އަދި މިއަދު ސައުދު ވަނީ ކޮވިޑްގެ ބަލިމީހަކު އިއްޔެ ވިލިނގިއްޔަށް ނޭރުވި މައްސަލާގައި ޑރ. ނަޒްލާ ރަފީގް ރޭ ދެއްކެވި ވާހަކަފުޅާ ގުޅިގެން އެކަމަނާ މައާފަށް އެދެންޖެހޭ ކަމަށް ވިދާޅުވިއެވެ.މެމްބަރު ސައުދުގެ ވާހަކަތަކާ ގުޅިގެން ސައުދުﷲ މިއަދު ވިދާޅުވީ ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ހުރީ ހަމައެކަނި އެނދެއް ކަމަށް ބުނެ ސަރުކާރުގެ އަގުވެއްޓޭގޮތަށާއި ރައްޔިތުންނަށް އޮޅޭގޮތަށް އަދި ބަލި މީހާގެ އެހީތެރިޔާއާ ގުޅޭގޮތުން ހަގީގަތާ ޚިލާފަށް ދައްކަވާފައިވާ ވާހަކަތަކަށް އޭނާ މައާފަށް އެދެންޖެހޭ ކަމަށެވެ.އަދި ސައުދު މައާފަށް ނޭދޭ ނަމަ އެ މައްސަލަ ތަހުގީގު ކުރުމަށް ވެސް ސައުދުﷲ ގޮވާލިއެވެ.ވިލިނގިއްޔަށް އިއްޔެ ނޭރުވި ކޮވިޑްގެ ބަލި މީހާ ސީޕްލޭނެއްގައި މާލެގެނެސް މިހާރު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައެވެ.