ޚަބަރު
ހަނގުރާމާގައި ބައިވެރިވުމަށްފަހު އަންނަ މީހުން ބައިތިއްބާނެ ސެންޓަރެއް ޤާއިމްކޮށްފި
ރާއްޖެއިން ބޭރުގައި ހަނގުރާމަ ކުރުމަށް ފަހު އެނބުރި އަންނަ މީހުން ބަންދުކުރަން ކ. ހިންމަފުށީގައި މަރުކަޒެއް ހަދައިފި އެތަނުގައި ފުރަތަމަ ފަހަރަށް މީހަކު ބަންދުކޮށްފި އެވެ.

އޭނާ ބަންދުކޮށްފައިވަނީ، ރާއްޖެއިން ބޭރުގައި ހަނގުރާމަ ކުރުމަށް ފަހު އެނބުރި އަންނަ މީހުން ފަރުވާ ދިނުމަށް ހިންމަފުށީގައި ގައިމްކުރި "ނޭޝަނަލް ރީ އިންޓަގްރޭޝަން ސެންޓަރު" ގައެވެ.

ސީރިއާގެ ދާހިލީ ހަނގުރާމާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ 34 އަހަރުގެ އެ މީހާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު ރީ އިންޓަގްރޭޝަން ސެންޓަރުގައި ބަންދުކުރަން އަމުރުކުރީ ގާނޫނުގައި ބުނާ އެސެސްމަންޓް ހެދުމަށް 30 ދުވަހުގެ މުއްދަތަށެވެ.

ހޯމް މިނިސްޓްރީން ބުނީ ރީ އިންޓަގްރޭޝަން ސެންޓަރު ހަދައި އެތަނަށް މީހުން ގެންދަން ފެށުމަކީ ޓެރަރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ފަހު ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމާ އެކު ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމުގެ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.

ޜާއްޖެ އަކީ އާބާދީގެ ނިސްބަތުން ބަލާއިރު، ބޭރުގެ ހަނގުރާމަތަކުގައި ގިނަ އަދަދަކަށް މީހުން ބައިވެރިވާ ގައުމެއް ކަމަށް އޮންނަނީ ބެލެވިފަ އެވެ.

ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވުމަށް 61 ދިވެހި ފިރިހެނުން ރާއްޖެ ދޫކޮށް ގޮސްފައިވާކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ފިރިހެނުންނާއެކު ދިއަ އަންހެނުންނާއި ކުޑަކުދިންގެ އަދަދު ރަސްމީ ސިފައެއްގައި އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި ރައީސް ވިދާޅުވި މުއްދަތުގައި ސީރިއާއިން އެއްވެސް ދިވެއްސަކު ގެނުވުނުކަންވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު