ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
72 ގަަޑިއިރު ތެރޭ 21.6 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި
ހުމާ ނަސީމް
04 އޭޕްރީލް 2024 - 00:02
0
comments
Tweet
Telegram
ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މިދިޔަ ތިން ދުވަހުގެ ތެރޭގައި ހިންގި އެކިއެކި އޮޕަރޭޝަންތަކުގައި 22 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ އޮޕަރޭޝަންތަކެއް ހިންގައި 21.6 މިލިއަން ރުފިޔާގެ މަގުމަތީ އަގު ހުރި 16.69 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
"ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން އަމާޒަކީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރާއްޖެއެއް. އަޅުގަނޑުމެންގެ ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންނާ މެދު ވަރަށް ފަޚުރުވެރިވޭ،". އޭނާ ވިދާޅުވިއެވެ.
އެންމެ ފަހުން އަތުލައިގަތް 16.69 ކިލޯގެ މަސްތުވާތަކެއްޗާ ބެހޭ ތަފުސީލެއް އަދި ފުލުހުން ނުދެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވިގޮތުގައި މުޖްތަމައުގައި ބޮޑުވެފައިވާ އެއް މައްސަލައަކީ ޑްރަގްގެ މައްސަލަ ކަމަށެވެ. މި މައްސަލައަކީ އެތައް އަހަރެއްވެފައިވާ އެކަށީގެންވާ ވަރުގެ ހައްލެއް ގެނެސްދެވިފައި ނުވާ ބޮޑު މައްސަލައެއް ކަމަށާއި ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުން މިކަމުގެ ވަބާއިގައި ޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވިއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
12 ގަޑިއިރު ކުރިން
0
ކޮމިޝަނަރ އެދިވަޑައިގަތީ ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ބޮޑުކުރުމަށް
9 ދުވަސް ކުރިން
0
މި އިންތިހާބުގައި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ކުރާނެ
10 ދުވަސް ކުރިން
0
އޮޕަރޭޝަން ބްލޫ ޓައިޑް ފަށައިފި
13 ދުވަސް ކުރިން
0
ހަށިވިއްކި މީހުން އުފުލައިދިން ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުޅުމާލޭގައި ގްރޫޕް މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
6 މިނެޓް ކުރިން
0
ކުރިއަށް އޮތް ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ރޯދަ އަށް
12 މިނެޓް ކުރިން
0
ބީއެމްއެލް އަށް ފުރަތަމަ ކުއާޓާގައި 493 މިލިއަން ރުފިޔާގެ ފައިދާ
16 މިނެޓް ކުރިން
0
ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 850 މިލިއަން ރުފިޔާ ދޫކޮށްފި
20 މިނެޓް ކުރިން
0