ހަށިވިއްކި މީހުން އުފުލައިދިން ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި
އަލީ ރާޒީ
16 އޭޕްރީލް 2024 - 11:47
0 comments
ޓެލެގްރާމް ޗެނަލް ފުލުހުން ހިފަހައްޓައި ފޮޓޯ ބަދަލު ކޮށްފައި
އެކި ބާވަތުގެ ބޮޑެތި ކުށްތައް ކުރުމަށް ބޭނުން ކުރަމުންދަނިކޮށް ފުލުހުން މިފަހުން އަތުލައިގަތް ޓެލެގްރާމް ޗެނެލްތަކުުން ހަށިވިއްކުމަށް ބޭނުންކުރަމުން ދިޔަ ޓެކްސީގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.ފުލުސް އިދާރާ އިން ބުނީ ޓެލެގްރާމް ގުރޫޕް މެދުވެރިކޮށް ކުށް ކުރަމުން ދިޔަ ނެޓްވޯކުގެ މައްސަލާގައި 60 އަހަރުގެ ދިވެހި ފިރިހެނަކު މިދިއަ މާޗު 30 ވަނަ ދުވަހު ހައްޔަރުކޮށް އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ހޯދާފައިވާ ކަމަށެވެ.
އަދި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ޓެކްސީ ޑްރައިވަރުގެ އިތުރުން މި މައްސަލާގައި ހައްޔަރުކުރީ 30 އަހަރުގެ ދިވެހި އަންހެނަކާއި، 28 އަހަރުގެ ފިރިހެނެކެވެ. މިދިޔަ މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އިދާރާގެ ސައިބާ ކްރައިމް ސެންޓަރުގައި މަސައްކަތް ކުރައްވާ އިންސްޕެކްޓަރު އޮފް ޕޮލިސް އައިމިނަތު މުހައްމަދު ވިދާޅުވީ މި މައްސަލާގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ދިރިއުޅުމަށް އެއްވެސް މަސައްކަތެއް ކުރާ ދެމީހުން ނޫން ކަމަށެވެ. ނަމަވެސް މި ތަހުގީގަށް ފުލުހުން އެއްކުރި މައުލުމާތުތަކުން އެމީހުންނާ ގުޅިގައިވާ އެކައުންޓުތަކުން ފެނިފައިވާ ފައިސާގެ އަދަދު 2 މިލިއަނަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެޕްރީލް މަހުން ފެށިގެން ހިންގަމުން އައި ޓެލެގްރާމް ޗެނަލްތަކެއް އަތުލައިގަނެ ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު