ޚަބަރު
މެމްބަރު ޖާބިރު އިޓަލީގެ ރިހެބެއްގައި ފަރުވާ ހޯދަނީ
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިޓަލީގެ ރިހެބެއްގައި ފަރުވާހޯދަން ފަށައިފިއެވެ.

ޖާބިރު މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އަބަދުވެސް ރައްޔިތުން ތުހުމަތުކުރެއެވެ. ޖާބިރުގެ އަރިސް ބޭފުޅަކު ވިދާޅުވީ "ޖާބިރުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން" އިޓަލީގެ ރެހެބެއްގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.

އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފު އެތަކެއް އަމަލުތަކެއް ތަކުރާރުކޮށް ޖާބިރުގެ ފަރާތުން އަންނަނީ ފެންނަމުންނެވެ. އެގޮތުން ހަޑިހުތުރު އެއްޗިހި ކިޔުންފަދަ އަމަލުތައް ފާހަގަކުރެވެއެވެ. 

ހަޑިހުތުރުބަހުން ވާހަކަދައްކައި އެ އަޑު ރެކޯޑުކުރުމަށްފަހު އޭނާ އަންނަނީ އެކި މީހުންނަށް އެ ރެކޯޑިންތައް ފޮނުވަމުންނެވެ. އެފަދަ ބައެއް ރެކޯޑިންތައް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުވެފައެވެ.

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓަކާ ހުތުރު ބަހުން ވާހަކަ ދައްކަވައި، އެ މީހުންނަށް ނުރައްކާވާ ގޮތަށް އަމަލު ކުރެއްވި މައްސަލައިގައި އެ އެއާލައިނުން ޖާބިރަށް ދަތުރުނުކުރެވޭ ގޮތް ވަނީ ހަދާފައެވެ. 

ހަޑިހުތުރުބަހުން ޕައިލެޓުންނާ ދިމާލަށް ވާހަކަދެއްކުމަށްފަހު ޖާބިރު ވަނީ މޯލްޑިވިއަންގެ ސީޕްލޭންގައި ބައެއް ތަކެއްޗަށް ގެއްލުންދީފައެވެ. ޖާބިރުގެ އަމަލުގެ ސަބަބުން ޕައިލެޓުންނާއި ކްރޫއިން ތިބީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. 

ސީޕްލޭންގެ ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން މީހަކަށް ދައްކަންޖެހޭ ބޮޑު ދަރަންޏެއް ނުދައިގެން ޖާބިރުގެ ބޭންކު އެކައުންޓްތައް ވަނީ ފްރީޒްކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
56%
17%
16%
11%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު