ޚަބަރު
ޑްރަގް ބޭރު ކުރަން އުޅުނު އެއާޕޯޓުގެ ދެ މުވައްޒަފަކާއެކު ހަތަރު މީހުން އަތުލައިގަނެފި
މިދިޔަ މަހުގެ 15 ގައި ވައިގެ މަގުން ރާއްޖެ އެތެރެކުރި 4.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކޮށްދިނުމުގައި، އެ ތަން ހިންގާ އެމްއޭސީއެލްގެ ދެ މުވައްޒަފަކު ހިމެނޭ ކަމަށާއި އޭގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަސްތުވާތަކެތި ފެނުނީ އުސޫލުން ބޭރުން މާޗް 15، ގައި ބޭރު ކުރަން އުޅުނު ލަގެޖެއްގައި ކަމަށެވެ. މެތާއި ހެރޮއިން ހިމެނޭ ގޮތަށް ޖުމުލަ 4.5 ކިލޯގެ މަސްތުވާތަކެތި އެ ފޮށީގައި ހުރި ކަމަށް ފުލުހުން ބުނެ އެވެ.

އެމްއޭސީއެލްގެ ދެ މުވައްޒަފުންގެ އިތުރުން އެ މައްސަލައިގައި ހައްޔަރު ކުރީ ޕާކިސްތާނުގެ މީހަކާއި ފޮއްޓާ ހަވާލުވާން އައި މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް އެމީހުންނަށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން އެކަމުގައި ހިމެނޭ އެންމެ އިސް މީހާ ކޯޓުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ އެމްއޭސީއެލްގެ ސީނިއާ މުވައްޒަފެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި އެމްއޭސީއެލްގެ "ގިނަ މުވައްޒަފުންތަކެއް" ހިމެނޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަންކަން މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގެ ދޮރުތައް ބަންދުކުރުމަށް ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ތަފާތު ވަސީލަތްތައް ހޯދުމާއި ތަމްރީނުތައް ވަރުގަދަ ކުރުން ހިމެނެ އެވެ.

ރާއްޖެ އައި މީހެއްގެ ލަގެޖު 30 ކިލޯގެ މަސްތުވާތަކެއްޗާ އެކު ވެލާނާ އެއާޕޯޓުން "ގެއްލުނު" މައްސަލަައެއް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފެންމަތިވި އެވެ. އެ ލަގެޖު ގެންދިޔަ މީހަކު ދެނަގަންނަން ކުރި މަސައްކަތުގައި، އެއާޕޯޓުގެ މުހިންމު ބައެއް ތަންތަނުގައި ކެމެރާ ނެތްކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
80%
10%
10%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު