
ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ އެތެރޭގެ މީސް މީޑިއާ ގްރޫޕްއަކަށް ފޮނުވި މެސެޖެއްގައި ގާސިމް ވިދާޅުވީ، ސަރުކާރަށް އެއްބާރުލުންދީ، ބަޖެޓް ފާސްކުރުމަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ މެންބަރުން ހިމެނޭ ގޮތަށް ހުރިހާ މެންބަރުންނަށް ގޮވާލައްވާ ކަމަށެވެ."މި ކަމު ނުގޮސް އުޅެނީ ރައީސް ވެރިަކމުން ވައްޓައިނުލިވެގެން އެ ކަމާ އުޅޭ މީހުން. މި ގޮތަށް މުޅި ގައުމު ތާށިވީމަ މަޖިލީހުން ތިޔަ ގޮތަށް ތާށި ކުރީމަ ޖެހޭނީ ބަނޑަށް. އެއީ ތިޔަ ކުރައްވަން އުޅުއްވާ ކަމަކީ. އެހެން ހަދައިގެން ނުވާނެ." ގާސިމް ވިދާޅުވިއެވެ.ފިނޭންސް މިނިސްޓަރުކަމާއި އެމްއެމްއޭގެ ޤަވަރުނަރުގެ މަޤާމުވެސް ފުރުއްވި، ގާސިމް އިތުރަށް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަކީ ކޯވިޑް-19ގެ މިހާލަތަށް އެންމެ ރަނގަޅު ބަޖެޓެއް ކަމަށެވެ. ނަމަވެސް ބަޖެޓުގެ ބަހުސް މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބަޖެޓް ކުޑަކޮށް، ބަޖެޓް ފާސްކޮށްގެން ނުވާނެކަމަށް ވިދާޅުވާތީ ޤާސިމްވަނީ އެކަން ކުށްވެރިކުރައްވާފައެވެ.