
މެޓް އޮފީހުން މިއަދު ބުނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ މާދަމާގެ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލު ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.މި ތޫފާން ހުޅަނގަށް ދަތުރުކޮށް ބުރާސްފަތި ދުވަހު ސްރީލަންކާ ހުރަސްކޮށް، ދެކުނު އިންޑިއާގެ އައްސޭރި ފަށާ ކައިރި ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ އޮފީހުން ބުނީ މި ކޮޅިގަނޑު އުފެދި، އަންނަމުންދާ ބަދަލުތައް ބަލަމުންދާ ކަމަށެވެ.