
ސުޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ހައިކޯޓުން ކުރި ހުކުމް ޝަހީބުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެންނެވެ.ހުކުމުގައިވަނީ މަސްތުވާތަކެތި ފެނުނު ދޯނި ފާސްކުރީ ޝަހީބްގެ މަސްލަހަތު ހިމާޔަތް ކޮށްދޭނެ މީހަކު ނެތީސް ކަމަށާއި އެ ދޯންޏާ އޭނާއާ ގުޅުމެއް ނެތް ކަމަށް ޝަހީބްގެ ފަރާތުން ބުންޏަސް، އެ ދޯނި ފާސްކުރީ އެ ދޯނީގެ ކެޕްޓަނާއި ފަޅުވެރިންގެ ހާޒިރުގައި ކަމަށްވާތީ އޭނާގެ މަސްލަހަތު ހިިމާޔަތްކޮށްދޭން ބަޔަކު ނެތި ފާސްކުރި ކަމަށް ނުބެލެވޭ ކަމަށެވެ.އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަނުގައި ޝަހީބާއެކު އިތުރު ހަ މީހަކު ހައްޔަރުކުރިއެވެ. އެ އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.ފުލުހުން ބުނިގޮތުގައި މިކަމުގައި ޝަހީބާއެކު ދެން އިސްކޮށް ހަރަކާތްތެރިވެފައިވަނީ ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.އެ މައްސަލާގައި ޝަހީބާއެކު ހއ. ހޯރަފުށީ ވައިލެޓް ވިލާ، އަހްމަދު މޫސާއާއެކު ހަތް މީހަކު ހައްޔަރު ކުރިއެވެ.އެ މަައްސަލާގައި ކްރިމިނަލް ކޯޓުން ދޫކޮށްލީ ޝަހީބެވެ. ޝަހީބު ދޫކޮށްލަން ކުރި ހުކުމް ހައިކޯޓުގައި ފުލުހުން އިސްތިއުފާނު ކުރިއެވެ. އަދި ހައިކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.