ފިލްމީ ތަރު ރަކުލް ޕްރީތް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެކަން ހާމަކޮށް އިންސްޓަގްރާމްގައި އޭނާ ބުނެފައިވަނީ އޭނާ ކޮވިޑް-19 އަށް ޓެސްޓު ހަދާފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާ ޕޮޒިޓިވް ކަމަށެވެ.
އޭނާ މިވަގުތު ހުރީ އަމިއްލައަށް ކަރަންޓީނުވެގެން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
"އަހަރެންގެ ހާލު ރަނގަޅު. ބަލީގެ އެއްވެސް އަލާމާތެއް އަހަންނަކަށް ނުފެނޭ. އެކަމަކު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވީމަ، މިހުރީ އަމިއްލައަށް ކަރަންޓީނު ވެގެން." ރަކުލް ޕްރީތު ބުނެފައި ވެއެވެ.
އޭނާ އިތުރަށް ބުނީ ހުރިހައި އެންމެންވެސް ކޮވިޑަށް ޓެސްޓު ކުރުމަށް އެދޭ ކަމަށެވެ.
10 އޮކްޓޯބަރ 1990 ގައި އުފަންވެފައިވާ މޮޑެލް އަދި ފިލްމީ ބަތަލާ ރަކުލް ޕްރީތް ސިންގ އަކީ ތެލުގޫ، ޓެމިލް އަދި ހިންދީ ފިލްމު ވެސް ކުޅޭ ތަރިއެކެވެ.
ބެސްޓް އެކްޓްރެސްގެ ގޮތުގައި އޭނާ ވަނީ ފިލްމް ފެއަރ އެވޯޑު ސައުތް 3 ފަހަރު ނޮމިނޭޓް ވެފައެވެ. އަދި ސައުތް އިންޑިއަން އިންޓަރނޭޝަނަލް މޫވީ އެވޯޑު (ސީމާ އެވޯޑު) އިން ބެސްޓް އެކްޓްރެސް ގެ މަގާމު ވަނީ ހާސިލު ކޮށްފަ އެވެ.