
މިއީ އެ ކުންފުނީގެ 16 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ޚާއްސަ ދުވުމެކެވެ.“އުރީދޫ އަތޮޅު ރަން”އަކީ ޢާއިލާގެ މެމްބަރުންނާއި ރައްޓެހި، ރަހުމަތްތެރިންނާއެކު ގައިދުރުކަމާއެކު ދުވެ، އުފާވެރި، މަޖާ ވަގުތުކޮޅެއް ހޯދައިދިނުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެކެވެ.ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ މި ދުވުމުގައި މިއަހަރު ވަނީ ފަސް ކިލޯމީޓަރު އަދި ކިލޯމީޓަރުގެ ދުވުން ހިމަނާފަ އެވެ. ދިހަ ކިލޯމީޓަރުގެ ދުވުމަކީ މިއަހަރު އަލަށް ތަޢާާރަފްކުރި ބައެކެވެ.މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް، އޯގަސްޓް އެކަކާއި ހަތަކާ ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ދުވުން ފުރިހަމަކުރެވޭނެ އެވެ.އުރީދޫ އަތޮޅު ދުވުން 2021 ގައި ރެޖިސްޓަރވުމުގެ ފުރުސަތު އޮންލައިން ޕޯޓަލް: https://atholhudhuvun.mv/ މެދުވެރިކޮށް ވަނީ ހުޅުވާލާފަ އެވެ.ރާއްޖޭގައި ބޭއްވި ފުރަތަމަ ނޭޝަންވައިޑް ވަރޗުއަލް ރަން “އުރީދޫ އަތޮޅު ދުވުން” ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރު އެކުންފުނީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނެވެ.އެފަހަރު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުން ފަސްހާހަށްވެރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.