
އެ ކުންފުނިން ތައާރަފު ކުރި މި ޕެކޭޖުގައި 50 ރުފިޔާއަށް ހަތަރު ޖީބީ ޑޭޓާ ލިބޭ އިރު، މި ޕެކޭޖު ބޭނުން ކުރެވޭނީ 24 ގަޑިއިރަށެވެ. އަދި މި ޕެކޭޖު ނެގުމުން ޑޭޓާއާއި އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް އާއި އެހެނިހެން ނެޓްވޯކުތަކަށް 100 ފްރީމިނެޓް ލިބޭނެ އެވެ.އުރީދޫ އިން ބުނީ މި ޕެކޭޖު އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫގެ އެޕްލިކޭޝަނުން ނުވަތަ *929*2# އަށް ގުޅައިގެން ވެސް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.މީގެ އިތުރުން ދުވާލަކު ދެ ޖީބީ ލިބޭ އާޗާ ޕްރިޕެއިޑް ޕްލޭނެއް ވެސް އުރީދޫ އިން ވަނީ ތައާރަފު ކޮށްފަ އެވެ. އާޗާ ޕްރޮޕެއިޑް ކަސްޓަމަރުންނަށް 750 ރުފިޔާ ދައްކައިގެން އެކްޓިވޭޓް ކުރެވޭ މި ޕެކޭޖުގެ ދަށުން ކޮންމެ މަހަކު 60 ޖީބީގެ ޑޭޓާ ލިބޭނެ އެވެ. އެއީ ދުވާލަކަށް ދެ ޖީބީ އެވެ.މި ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ވެސް އުރީދޫ ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް އާއި އެހެނިހެން ނެޓްވޯކުތަކަށް 100 ފްރީމިނެޓް ލިބޭނެ އެވެ.