
ރާއްޖެއިން ބޭރުން އަންނަ މީހުން ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ރާއްޖެ އެތެރެވުމަށް މީގެކުރިން ބޭނުންވަނީ 72 ގަޑިއިރުގެ ނެގެޓިވް ޕީސީއާރް ޓެސްޓެކެވެ.އެހެންނަމަވެސް މިހާރު ބޭނުންވަނީ 96 ގަޑިއިރަށް ބަދަލުކޮށްފަ އެވެ.މި ބަދަލާއެކު، މިއަދުން ފެށިގެން ރާއްޖެ އެތެރެވުމުގެ ހަތަރު ދުވަސް ކުރިން ދިވެހިން ވެސް ހިމެނޭ ގޮތަށް އެންމެން ކޮވިޑް ޓެސްޓު ހަދަން ޖެހޭނެ އެވެ.ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެއަށް އައުމަށް ކޮވިޑް ޓެސްޓު ހަދަން ކުރިން ކަނޑައަޅާފައި އޮތީ ވެސް 72 ގަޑި އިރެވެ. އެކަމަކު، އެޗްޕީއޭގެ އެންމެ ފަހުގެ ނިންމުމާއެކު އެ ސަރަހައްދުގެ ގައުމުތަކުން ރާއްޖެ އަންނަ އެންމެން ވެސް ރާއްޖެ އައުމުގެ 96 ގަޑިއިރު ނުވަތަ ހަތަރު ދުވަސް ކުރިން ކޮވިޑް ޓެސްޓް ހަދަން ޖެހޭނެ އެވެ. އަދި ރާއްޖެ އެތެރެވެވޭނީ އެ މުއްދަތުގެ ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު އެވެ.ގާތްގަަނޑަކަށް ދެ މަހަށް ފަހު ދެކުނު އޭޝިއާ އިން ރާއްޖެއަށް ޓޫރިސްޓުން އާދެވޭ ގޮތަށް އަލުން ހުޅުވައިލީ މިމަހުގެ 15 އިން ފެށިގެން ނެވެ. ކޮވިޑްގެ ހާލަތު ރަނގަޅުވުމާ އެކު ސަރުކާރުން ވަނީ ކުރިން އަޅާފައި ހުރި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފަ އެވެ. އެގޮތުން ވެކްސިން ފުރިހަމަކޮށްފައި ތިބިި ދިވެހިން ނުވަތަ ވޯކް ވިސާގައި އަންނަ މީހުން ރާއްޖެ އަނބުރާ އައިސް ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ. މީގެ އިތުރުން ކޮވިޑް ޖެހި ރަނގަޅުވިތާ 60 ދުވަސް އަދި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ވެސް ރާއްޖޭގެ ރަށްރަށަށް ގޮސް ކަރަންޓީނު ނުވެ މިހާރު އުޅެވޭނެ އެވެ.