ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އާމިނަތު އަބްދުﷲ
މަރިޔަމް އަނާ
20 ޖެނުއަރީ 2021 - 21:18
0 comments
އާމިނަތު އަބްދުﷲ ޒުހައިރު
ވަޒިފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމުގައި ހުންނެވި ގދ. ތިނަދޫ، ގެލަ، އާމިނަތު އަބްދުﷲ ޒުހައިރު އެ ޓްރައިބިއުނަލްގެ ރައީސްކަމަށް އައްޔަން ކުރައްވައިފި އެވެ.
އެނގިފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާމިނަތު އަބްދުﷲ ޒުހައިރު އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު އެވެ.އޭނާ އަކީ 2019 ވަނަ އަހަރުން ފެށިގެން އެ ޓްރައިބިއުނަލްގެ ނައިބު ރައީސެވެ. އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މާޗް 25، 2019ގަ އެވެ.މިހާރު އެ ޓްރައިބިއުނަލްގެ ނާއިބު ރައީސް އަކީ ހަސަން އިބްރާހީމް، މ. ހާދޫ އެވެ.މީގެ ކުރިން ޕޭ ކޮމިޝަނުގައި ލީގަލް ކޮންސަލްޓެންޓެއްގެ ވަޒީފާވެސް އަދާކުރައްވާފައިވާ އާމިނަތު އަބްދުﷲ ޒުހައިރަކީ އިނގިރޭސިވިލާތުގެ ކިންސްޓަން ޔުނިވާސިޓީއިން މާސްޓާސް އޮފް ލޯސް (އެލްއެލްއެމް އެމްޕްލޯއިމެންޓް ލޯ) ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ކިޔުންތެރިންގެ ޝުއޫރު