ޚަބަރު
ރަމަޟާންމަހާއި ދިމާކޮށް ސަޢުދީ އަރަބިއްޔާއިން ރާއްޖެއަށް ކަދުރު ހަދިޔާކޮށްފި
ރަމަޞާންމަހާ ދިމާކޮށް ސަޢުދީ އަރަބިއްޔާއިން ރާއްޖެއަށް ކަދުރު ހަދިޔާކޮށްފިއެވެ.

ސަޢުދީ އަރަބިއްޔާއިން ކޮންމެ ރަމަޞާންމަހަކާއި ދިމާކޮށް ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. 

ސައުދީން މި އަހަރު ހަދިޔާ ކޮށްފައި ވަނީ 25 ޓަނުގެ ކަދުރެވެ.

ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރާއްޖެއިން ކަދުރާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރސް ޑރ.އަޙުމަދު ޒާހިރުއެވެ.

ސައުދީން ފޮނުވި ކަދުރު މާލޭގެ އިތުރުން އަތޮޅުތަކަށް ފޮނުވައިގެން ބެހުމުގެ މަސައްކަތްތައްވެސް ސަރުކާރުން ކުރިއަށްގެންދެއެވެ. ނަމަވެސް މިއަހަރު ކަދުރު ބަހާނެ ގޮތެއް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު