ޚަބަރު
ޢަލީ ވަޙީދު އުޅޭ އެޑެރެހެއް ހޯދާ މާދަމާ އަންގަން ޕީޖީއަށް ހައިކޯޓުން އަމުރެއް
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޗިޓް ފޮނުވުމަށް މިހާރު ދިރިއުޅޭ އެޑްރެސް ހޯދުމަށް އެއް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު މިއަދުގެ އަޑުއެހުން ހައިކޯޓުން ނިންމާލައިފި އެވެ.

3 ފަނޑިޔާރުންގެ ބެންޗަކުން ހައިކޯޓްގައި ކުރިޔަށް ގެންދާ ޝަރީއަތުގެ މަޖިލިސް ފެއްޓެވުމަށްފަހު މައްސަލަ ބައްލަވާ އިސްފަނޑިޔާރު ވިދާޅުވީ ޕީޖީ އޮފީހުން ޢަލީ ވަޙީދުގެ އެޑްރެސްކަމަށް ދީފައިވާ އެޑެރެހަށް ޗިޓް ފޮނުވުމުން އޭނާ އެގޢޭގައި ނޫޅެކަން އެނގިފައިވާކަމަށެވެ. އަދި ޕީޖީ އޮފީހުން ދިން އީމެއިލްއާއި ވައިބަތ ނަމްބަރުގެ އިތުރުން ވަޓްސްއެޕް ނަމްބަރަށްވެސް ޗިޓް ފޮނުވާފައިވާކަމަށެވެ. އެހެންނަމަވެސް ސީން ނުފެންނަ ގޮތަށް ހަދާފައިވާތީ އެ ޗިޓް ޢަލީ ވަޙީދަށް ރައްދުވިކަން ކަށަވަރުނުވާކަމަށާއި އެ ހާލަތުގައި މައްސަލަ ކުރިޔަށް ގެންދާނީ ކިހިނެތްތޯ ފަނޑިޔާރުންވަނީ ވަނީ ދައުލަތުގެ ވަކީލާ ސުވާލުކުރައްވާފައެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުން އެންމެ ބޮޑު ހިތްހަމަނުޖެހުމެއް ފާހަގަކުރީ އަލީ ވަހީދުގެ އެޑްރެސްކަމަށް ދައުލަތުން ދިންް އެޑްރެސްއާއި ގުޅޭގޮތުންނެވެ. އެގޮތުން އެއީ ކިހިނެއް ބަލައި، ހައި ކޯޓާއި ހިއްސާކުރި އެޑްރެސްއެއްތޯ ސުވާލުކޮށްފަ އެވެ.

އެޔަށްފަހު ފަނޑިޔާރުން ދައުލަތުގައި އެދުނީ އާއެކޭ ނުވަތަ ނޫނެކޭގެ ސުވާލުކަށް ޖަވާބުދެއްވުމަށެވެ. އެ ސުވާލަކަށް ކުރެއްވީ އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެސް ދައުލަތަށް އެނގޭތޯ އެވެ. އެ ސުވާލުގެ ޖަވާބަކަށް ދައުލަތުގެ ވަކީލާ ވިދާޅުވީ ނޭނގޭކަމަށެވެ.

ވާހަކައިގެ އެއް ހިސާބަކުން އަލީ ވަހީދު ދަތުރުކުރި މަގުކަމަށް ވިދާޅުވެ ތުރުކީ އޭ ބުނި ހިސާބުން އަނެއްކާވެސް ފަނޑިޔާރުންގެ ސުވާލުތައް ކުރިމަތިކުރަން ފެއްޓެވުމުން ވަކީލާއަށް އެ ޖުމްލަ ފުރިހަމަކުރެވިފައެއް ނުވެ އެވެ.

ޝަރީއަތް ނިންމަވާލެއްވީ މާދަމާ 14:00 ގެ ކުރިން އަލީ ވަހީދުގެ މިހާރުގެ އެޑްރެސް ކޯޓަށް އެންގުމަށް ޕީޖީއަށް އެންގުމަށްފަހު އެވެ. ފަނޑިޔާރު ވިދާޅުވީ މައްސަލައިގެން ކުރިއަށްދިއުމުގައި ގޮތެއް ނިންމާނީ އެއަށްފަހުކަމަށެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔާރު ފައިސަލްގެ އިތުރަށް ތިއްބެވީ ފަަނޑިޔާރު ޢަލީ ސަމީރާއި، ފަނޑިޔާރު ހާތިފް ޙިލްމީ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ފުރައްސާރަ ކުރި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ބޮޑެތި ދައުވާތަކެއް ވަނީ އުފުލާފަ އެވެ. އެ ދައުވާތައް އެހެން އޮތްވައި އޭނާގެ ފުރައިގެން ދިޔުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި ކަމެކެވެ.

އޭނާއަށް ފުރުމުގެ ހުއްދަ ދެއްވި ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ދަނީ ބަލަމުންނެވެ. ރައްޔިތުންގެ މަޖިލީހުން ވެސް އަލީ ވަހީދުގެ މައްސަލައަށް ފާރަވެރިވުމަށް ވަނީ ފާސްކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މައިބަދައިގެ އާލާސްކަންފުޅެއްގައި ކަމަށް ވިދާޅުވެ، އަލީ ވަހީދު ފުރަތަމަ ވަޑައިގެންފައިވަނީ ތުރުކީއަށެވެ. އޭނާ މަސައްކަތް ކުރެއްވީ ތުރުކީ މަގުން އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ކަމަށް ވެސް އެނގިފައިވެ އެވެ.

އަލީ ވަހީދު ޓްއަރިޒަމް މިނިސްޓަރުކަމަށް ހުނެވިއިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް 7 ދައުވާއެއް ދައުލަތުންވަނީ އުފުލާފައެވެ. އަދި މި އެ މައްސަލާގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނިކޮށް އޭނާވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ.

ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުންވަނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރުވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަމަށް ވިދާޅުވެފައެވެ. ޢަލީ ވަހީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޗަށް ރިޢާޔަތްކުރައްވާ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ޝަރީޢަތުން ވަނީ ބާޠިލްކޮށްފައެވެ. އަލީ ވަހީދު ބޭރަށް ފުރާފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ ޖާމިނުވުމުންނެވެ. އަދި ހަތަރު މަސްދުވަސް ތެރޭ އަލީ ވަހީދު އަނބުރާ ގެންނާނެކަމުގެ ޔަޤީންކަންވެސް އަސްއަދު ވަނީ ދީފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު