ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ލާމަރުކަޒީ ނިޒާމާ ގުޅޭ 101 ސުވާލާއި ޖަވާބު ހިމެނޭ ފޮތެއް ނެރެފި
އަލީ ރާޒީ
18 އޭޕްރީލް 2021 - 18:00
0
comments
Tweet
Telegram
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމާގުޅޭ 101 ސުވާލާއި، އެސުވާލުތަކުގެ ޖަވާބު ހިމެނޭ ޚާއްޞަ ފޮތެއް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނެރެފިއެވެ.
އެލްޖީއޭގައި ބޭއްވި ޚާއްސް ރަސްމިއްޔާތެއްގައި މިފޮތް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒެވެ.
މިފޮތުގެ ސަބަބުން އަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށްވެސް ލާމަރުކަޒީ ނިޒާމާ ގުޅުންހުރި ތަފާތު އެކި ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަފްޝަން ޔަގީންކަން ދެއްވީ އަލަށް އިންތިހާބުވި ހުރިހާ ކައުންސިލްތަކަކަށް ވެސް އެލްޖީއޭއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
އޭނާ އެދިވަޑައިގަތީ ގާނޫނުން ބޮޑެތި ބާރުތަކެއް ކައުންސިލްތަށް މިފަހަރު ދީފައިވާތީއާ އެކު ކައުންސިލަރުން ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކު ރައްޔިތުންގެ ހައްގުގައި މަސައްކަތްކޮށްދެއްވުމަށެވެ.
އަފްޝަން ވިދާޅުވީ ލާމަރުކަޒީ ނިޒާމް ރާއްޖެ ތައާރަފްކުރި ފަހުން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެތައް ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށެވެ. އުއްމީދުތަކަކާ އެކު މަސައްކަތް ފެށި ނަމަވެސް އެކި ގޮންޖެހުންތައް ކުރިމަތިވެ ލާމަރުކަޒީ ނިޒާމް ހީނަރުވި ކަމަށް ވިދާޅުވި އެވެ.
އެކަމަކު މި ސަރުކާރުގައި ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ލާމަރުކަޒީ ނިޒާމުން އަނެއްކާވެސް އުއްމީދީ މަންޒަރެއް ފެންނަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ. ލާމަރުކަޒީ ނިޒާމް ހަރުދަނާކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކޮށްދެއްވާ މަސައްކަތަށް އަފްޝަން ޝުކުރު އަދާކުރެއްވި އެވެ.
"އެލްޖީއޭ އިން ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ މި ނިޒާމާ މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަގީންކަން އިތުރުކުރުން. މި ނިޒާމާ މެދު ހޭލުންތެރިކަން އިތުރުކުރަން އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ރޭވިފައި ހުރިކަން އުފަލާ އެކު ފާހަގަކުރަން،" އަފްޝަން ވިދާޅުވި އެވެ.
މިފޮތަކީ ލާމަރުކަޒީ ނިޒާމާއި ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމް ބައްޓަންވެފައިވާގޮތާއި، ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކާއި، އެކައުންސިލްތަކަށް އިންތިޚާބުކުރެވޭ ކައުންސިލަރުންނާއި އަދި މިނިޒާމާއި ރައްޔިތުންނާހުރި ގުޅުމާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް އާއްމުންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި 101 ސުވާލާއި ޖަވާބުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފޮތެކެވެ.
ލާމަރުކަޒީ ނިޒާމާގުޅޭ މަޢުލުމާތު ހިމެނޭ ފޮތެއް އެލްޖީއޭއިން ނެރެފައިވާއިރު، ސަރުކާރުން ދާދި ފަހުން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި ބާރުތަކެއް ދީފައެވެ. އެގޮތުން ރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ %40 ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ ޢާމްދަނީ އެއްކޮށް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ. އަދި "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދޭ ގޮތުގައި ކައުންސިލްތަކަށް ޑޮމެސްޓިކް ރެވެނިއުގެ %5 ދައުލަތުގެ ބަޖެޓުން ދިނުން ހިމެނެއެވެ.
މީގެ އިތުރުން ރަށްރަށުގައި ހިންގާ 5 މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެއެވެ. އަދި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކުރުމުގެ ބާރުވެސް ކައުންސިލްތަކަށް ވަނީ ދީފައެވެ.
ކައުންސިލްތަކަށް މާލީ ގޮތުން ދިން ބާރުވެރިކަން ދިނުމަށްފަހު، ބޭއްވި ފުރަތަމަ ކައުންސިލް އިންތިޚާބު އޮތީ މިމަހުގެ 10ވަނަ ދުވަހުއެވެ. އަދި އައު ކައުންސިލަރުން ހުވާކުރުން މި ރަމަޟާން މަހަށްފަހު ބާއްވަން އެލްޖީއޭއިން ވަނީ ނިންމަވާފައެވެ. ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހާއެކު ކައުންސިލަރުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން ޤާނޫނު އަސާސީއަށް ގެނައި އިޞްލާހާއެކު ކައުންސިލަރުންގެ ދައުރު ވަނީ ތިން އަހަރުން ފަސް އަހަރަށް އިތުރުކޮށްފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 މަސް ކުރިން
0
މެޖޯރިޓީ ދީފިނަމަ ސަރުކާރުން ކައުންސިލްތައް އުވާލާނެ: ޣަފޫރު
5 މަސް ކުރިން
0
ކައުންސިލަރުންގެ އަދަދު މަދު ކުރާ އިސްލާހު ތަސްދީގުކޮށްފި
5 މަސް ކުރިން
0
ސަރުކާރުން އެދިގެން އަތޮޅު ކަައުންސިލް އުވާލަން ގާނޫނުއަސާސީ އިސްލާހުކޮށްފި
5 މަސް ކުރިން
0
އަތޮޅު ކައުންސިލުތައް އުވާލަން ކޮމިޓީން ފާސްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގައުމީ މަޖިލިސް ގަބޫލުނަމަ، ވަގުތީ ޗެއާޕާސަންކަމާ ހަވާލުވާން ވެސް ތައްޔާރު
13 ގަޑިއިރު ކުރިން
0
ޗެއާޕާސަން އިންތިހާބު ފަސްކުރަން މީކާއިލް އަދި ފައްޔާޒު ވެސް ދެކޮޅު!
13 ގަޑިއިރު ކުރިން
0
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ފަސްކުރަން ހުށަހަޅައިފި
16 ގަޑިއިރު ކުރިން
0
އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 16.6 ބިލިއަން ރުފިޔާ
16 ގަޑިއިރު ކުރިން
0