ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ލައިފްސްޓައިލް
ރެސިޕީ: ބާގަ ބަނަސް
އޭޝް
23 އޭޕްރީލް 2021 - 13:23
0
comments
Tweet
Telegram
މި ކިޔައިދެނީ، ވަރަށް ފަސޭހައިން ގޭގައި ތައްޔާރުކޮށްލެވިދާނެ، މީރު އަދި މަޑު ބަނަހެއް ހަދާނެ ގޮތެވެ.
ބޭނުންވާ ތަކެތި
:
1 ޖޯޑު ކިރު (ތާފަނާ)
2 މޭޒުމަތީ ސަމުސާ ހަކުރު
1 މޭޒުމަތީ ސަމުސާ އީސްޓް
1/2 ސައި ސަމުސާ ލޮނު
4 ޖޯޑު ފުށް
2 ބިސް
2 މޭޒުމަތީ ސަމުސާ މާޖިރިން
4 ސައި ސަމުސާ ކިރު (ފުލްކުރީމް)
1 ކުކުޅުބިހުގެ ގޮބޮޅި
ތައްޔާރު ކުރާނެ ގޮތް:
ކިރު، ހަކުރު، އީސްޓް އެއްކޮށް ގިރާލުމަށްފަހު، މަތިޖަހާލާފައި ތިނެއް ނުވަތަ ހަތަރު މިނެޓް ވަންދެން ބަހައްޓާށެވެ. އެއަށްފަހު، ފުށާއި، ލޮނު އަދި ބިސް އޭގެ ތެރެއަށް އެޅުމަށްފަހު، ހުރިހާ އެއްޗެއް އެއްކޮށް އަތުން މޮޑެލާށެވެ.
ވަކި ވަރަކަށް ފުށްގަނޑު މޮޑެލުމަށްފަހު، މާޖިރިންކޮޅު އަޅައި އެއްކޮށްލާށެވެ. އެއަށްފަހު، ފުށްގަނޑު އޮމާންވަންދެން މޮޑެލާށެވެ. ފުށްގަނޑު ރީތިކޮށް އޮމާންވާން ވަގުތުކޮޅެއް ނަގާނެއެވެ. ފުށްގަނޑު މޮޑެން އުނދަގޫވާނަމަ، ކުޑަ ހިކިފުށްކޮޅެއް ބޭނުންކޮށްލާށެވެ.
ތައްޓެއްގެ ވަށައިގެން ތެޔޮ ހާކައި، ފުށްގަނޑު އޭގެ ތެރެއަށް ލާށެވެ. އެއަށްފަހު، ފުށްގަނޑުގެ މަތީގައި ތެޔޮ ހާކާލާށެވެ. އަދި މަތިޖަހާލުމަށްފަހު އެއްގަޑިއިރު ވަންދެން ބާއްވާލާށެވެ.
ބަނަސް ފިހާ ޓްރޭގެ ވަށައިގެން ތެޔޮ ހާކާށެވެ.
ބަނަސް ހަދަން ބޭނުންވާ ވަރަށް ފުށްގަނޑުން ވަށްކޮށް ގުޅަ ހެދުމަށްފަހު، ޓްރޭގައި އަތުރާލާށެވެ. މިގޮތަށް އަތުރާއިރު، ދެތިން އިންޗިއެއްހާ ދުރުމިން ކޮންމެ ފުށްކޮޅެއްގެ ދޭތެރޭގައި ބަހައްޓަން ވާނެއެވެ. ދެން ޓްރޭގެ މަތި ބަންދުކުރުމަށްފަހު، ދިހަ މިނެޓު ވަންދެން ބާއްވާލާށެވެ.
ބިހުގެ ގޮބޮޅި އަދި ކިރު އެއްކޮށްލާށެވެ. އެއަށްފަހު، ފިއްސެއް ބޭނުންކޮށްގެން ބަނަސްތަކުގެ މަތީގައި ކާއްތައިލާށެވެ.
ބަނަސް ފިހަން އަވަނަށް ލުމުގެ ކުރިން އަވަން ރަނގަޅަށް ހޫނުކޮށްލަން ވާނެއެވެ. ބަނަސް ފިހާނީ 180 ޑިގްރީގައި ބަހައްޓައިގެންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
އެއްވެސް މީހަކު އަމިއްލަ އަމިއްލައަށް ރޯދަ އާއި އީދު އިއުލާނު ނުކުރަން އެދެފި
3 ދުވަސް ކުރިން
0
ރަމަޟާން މަހަށް ފަހު ހެޔޮ އަމަލުކުރުން މަތީ ދެމިތިބޭށެވެ
9 ދުވަސް ކުރިން
0
އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ
10 ދުވަސް ކުރިން
0
ލައިލަތުލްޤަދްރި
ކިޔުންތެރިންގެ ޝުއޫރު
73%
9%
9%
9%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި
12 ގަޑިއިރު ކުރިން
0
ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި އީދު ސައި
18 ގަޑިއިރު ކުރިން
0
ޒަކާތުގެ ގޮތުގައި މީގެ ކުރިން ނުލިބޭ މިންވަރަށް ފައިސާ ލިބިފައިވާ ކަމަށް މިިނިސްޓްރީން ބުނެފި
20 ގަޑިއިރު ކުރިން
0
އީދު ނަމާދަށް އިމާމު ނައުމުން ފިޔަވަޅު އަޅައިފި
20 ގަޑިއިރު ކުރިން
0