ލައިފްސްޓައިލް
ރެސިޕީ: ޗީޒީ އެގް ކަޓްލަސް

ބޭނުންވާ ތަކެތި:

3 އަލުވި (ފެނުކައްކައި ޗަސްކޮށްފައި)

1 ދަޅު މަސް  

1 ފިޔާ (ތުނިކޮށް ކޮށާފައި)

1 ކޯޅި ހިކަނދިފަތް (ތުނިކޮށް ކޮށާފައި)

1 ސައި ސަމުސާ ލިނބޯ ހުތް

1 މިރުސް (ތުނިކޮށް ކޮށާފައި)

1/3 ސައިސަމުސާ އަސޭމިރުސް

ލޮނު (ރަހަ ލާ ވަރަށް)

1 ޖޯޑު ފާރޮށި ކުނޑި

2 ބިސް (ގިރާފައި)

3 ބިސް (ފެނުކައްކައި، ކޮންމެ ބިހެއް ކިއުބްގޮތަށް އަށް ފަޅިޔަށް ފަޅާލާފައި)

6 ފޮތި ސްލައިޒް ޗީޒް (ކޮންމެ ފޮއްޗެއް ހަތަރު ބަޔަށް ކަފާލާފައި)

ތެޔޮ (ތެލުލުމަށް)

ތައްޔާރު ކުރާނެ ގޮތް:

ފިޔާ، ހިކަނދިފަތް، މިރުސް، އަސޭމިރުސް އަދި ލޮނު އެއްކޮށް ފިޔާކޮޅު މަޑުވެލަންދެން މޮޑެލާށެވެ. ދެން އޭގެ ތެރެއަށް މަހާއި ލުނބޯ ހުތް އަޅައި މޮޑެލާށެވެ. އެއަށްފަހު އަލުވިކޮޅު އަޅައި މޮޑެލާށެވެ. (މަސް އަޅާނީ، ދަޅުގައިވާ ތެޔޮ ނުވަތަ ފެން ފެލައިލުމަށްފަހުގައެވެ.)

ތައްޔާރުކުރި މަސްގަނޑުން ބިސްކޮޅު ލެވޭވަރުގެ ގުޅަ ހަދާށެވެ. އަދި ގުޅައިގެ ތެރެއަށް ޗީޒްކޮޅު ލައި އޭގެ މަތީގައި ބިސްކޮޅު ބާއްވާލާށެވެ. އެއަށްފަހު ބިސްކޮޅާއި ޗީޒްކޮޅު ނުފެންނަ ވަރަށް މަސްގަނޑުން ރީތިކޮށް ގުޅަ ހަދައިލާށެވެ.  

ތައްޔާރުކުރި ކަޓްލަސްތައް ބިހުގެ ތެރެއަށް ލާށެވެ. އެއަށްފަހު ނަގައި ފާރޮށިކުނޑީގެ ތެރެއަށް ލައި ވަށައިގެން ފާރޮށި ކުނޑި ހާކައިލާށެވެ.

ތެޔޮގަނޑު އުނދުންމައްޗަށް އުދާށެވެ. ތެޔޮގަނޑަށް ރަނގަޅަށް ހޫނުވުމުން،. ކަޓްލަސްކޮޅު އަޅައި ގަދަ މުށިކުލަ އަރަންދެން ތެލުލާށެވެ.

ކިޔުންތެރިންގެ ޝުއޫރު
67%
0%
17%
17%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު