ލައިފްސްޓައިލް
ރެސިޕީ: ފާރޮށި ބޯކިބާ

ބޭނުންވާ ތަކެތި:
 - 10 ފާރޮށި
 - 5 ބިސް
 - 1 ދަޅު ގެރިކިރު
 - 2/1 ޖޯޑު ހަކުރު
 - 2/1 ސައި ސަމުސާ ވެނީލާ އެސެންސް  
 - 1 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރ


ތައްޔާރުކުރާނެގޮތް:  
ތައްޓަކަށް ފާރޮށިތައް އެޅުމަށްފަހު، ފާރޮށިތައް މަޑުވާ ވަރަށް މައްޗައް ފެންފޮދެއް އަޅާލާށެވެ. ފާރޮށިތައް މަޑުވުމުން އޭގެ ތެރެއަށް ބިސް،ގެރިކިރު،ހަކުރު، ބޭކިންގ ޕައުޑަރ އަދި އެސެންސް އަޅައި މިކްސްޗަރ އިން ގިރައިލާށެވެ.  
ބޯކިބާ ފިހަން ބޭނުންކުރާ ޓުރޭގެ ތެރެއަށް ކުޑަ ތެޔޮފޮދެއް އަޅައިލުމަށްފަހު ޓުރޭ އެތެރޭގައި ވަށައިގެން ހާކައިލާށެވެ. ޓުރޭގެ ތެރެއަށް ތައްޔާރުކުރި ފުށްގަނޑު އަޅައިލުމަށްފަހު ފިހަން އަވަނަށް ލާށެވެ. ބޯކިބާ ފިހަން އަވަނަށް ލުމުގެ ކުރިން އަވަން ރަނގަޅަށް ހޫނުކޮށްލަން ވާނެއެވެ. ބޯކިބާ ފިހާއިރު އަވަނުގެ ހޫނުމިން ބަހައްޓާނީ 180 ޑިގްރީގައެވެ.

ކިޔުންތެރިންގެ ޝުއޫރު
74%
4%
22%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު