ލައިފްސްޓައިލް
ރެސިޕީ: ބަރަބޯ މައްސުނި
ބޭނުންވާ ތަކެތި:

1 ދަޅު މަސް (ތެޔޮ/ފެން ފެލާފައި)

1/3 ޖޯޑު ބަރަބޯ (ފެނުކައްކައި މަޑުކުރުމަށްފަހު، ޗަސްކޮށްފައި)

1/3 ޖޯޑު ކާށި ހުނި

1 ފިޔާ (ތުނިކޮށް ކޮށާފައި)

1 މިރުސް (ކޮށާފައި)

1 ލުނބޯގެ ފަޅި (ހުތް ފެލާފައި)

ލޮނު (ރަހަ ލާ ވަރަށް)

1/4 ސައިސަމުސާ މުގުރި އަސޭމިރުސް

ކުޑަ ހިކަނދިފަތްކޮޅެއް (ތުނިކޮށް ކޮށާފައި)


ތައްޔާރު ކުރާނެގޮތް:

ފިޔާ، މިރުސް، ހިކަނދިފަތް، އަސޭމިރުސް އަދި ލޮނު އެއްކޮށް ފިޔާކޮޅު މަޑުވެލަންދެން މޮޑެލާށެވެ. ދެން އޭގެ ތެރެއަށް ހުނިކޮޅު އަޅައި މޮޑެލާށެވެ. އަދި މަސްކޮޅާއި ލުނބޯހުތް އަޅައި މޮޑެލާށެވެ. އެއަށްފަހު، ބަރަބޯކޮޅު އަޅައި މޮޑެލުމަށްފަހު، ލޮނު ހެޔޮވަރު ކޮށްލާށެވެ. 

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު