ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ސޯލިހްގެ ޕެރެސް ކޮންފަރެންސެއް މިއަދު ހަވީރު 04:30 ގައި އޮންނާނެ ކަމަށެވެ.މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އިން ރައްކާތެރިވާން އަޅާފައިވާ އެންމެ ފަހުގެ މައުލޫމާތު އެމަނިކުފާނު ހިއްސާ ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.ރައީސް ސޯލިހް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރެއްވީ މިދިޔަ މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހުވެސް ރައީސް ސޯލިހް ވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަން ނިންމާފައި ހުރި ކަންކަމުގެ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން މިދިޔަ މަހުގެ 23 ވަނަ ދުވަހު އެޅި ފިޔަވަޅުތަކުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.